ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޑެ މިނޯއަ ރިޓަޔާކުރުމާ އެކު ޗައިނާ އޯޕަންގެ ތާޖު ޖޮކޮވިޗަށް!

ޝެއާ ކުރޭ Facebook Telegram Viber X

ޗައިނާ އޯޕަން ޓެނިސް މުބާރާތުގެ ފައިނަލް މެޗުގައި މިއަދު އޮސްޓްރޭލިއާގެ އަލެކްސް ޑެ މިނޯއަ އަށް ލިބުނު އަނިޔާއަކާ ގުޅިގެން މެޗު ދޫކޮށްލަން މަޖުބޫރުވުމުން، ދުނިޔޭގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް މި މުބާރާތުގެ ތަށި ހަތްވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.

މިއަދު ކުޅެވުނު ފޯރިގަދަ ފައިނަލްގެ ފުރަތަމަ ސެޓު 7-6ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސާބިއާގެ ޖޮކޮވިޗެވެ. ނަމަވެސް، ދެވަނަ ސެޓާ ކުރިމަތިލިއިރު ޑެ މިނޯއަ ހުރީ އޭނާގެ ވައަތު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން މެޑިކަލް ޓައިމްއައުޓެއް ނަގައި، އެ ތަން ވަރަށް ބޮޑަށް ބެންޑޭޖުކޮށްގެންނެވެ. އުމުރުން 27އަހަރުގެ ޑެ މިނޯއަ މެޗު ހުއްޓާލަން ޖެހުނީ ދެވަނަ ސެޓުގައި އޭނާ ކުރީގައި އޮއްވައެވެ. 

މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޑެ މިނޯއަ ބުނީ، އިތުރަށް ކުޅުން ކުރިއަށް ގެންދެވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތުމުން މެޗު ދޫކޮށްލަން މަޖުބޫރުވީކަމަށާއި، އެކަމަށްޓަކައި ސަޕޯޓަރުންގެ ކިބައިން ނިހާޔަތަށް މާފަށް އެދޭކަމަށެވެ. މި ހާދިސާއާ ގުޅިގެން އުމުރުން 39އަހަރުގެ ޖޮކޮވިޗް ވަނީ، ފައިނަލް މެޗެއް މިފަދަ ގޮތަކަށް ނިންމާލަން ޖެހުމަކީ އޭނާ ވެސް ނުހަނު ހިތާމަކުރާ ކަމެއް ކަމުގައި ބުނެ، ޑެ މިނޯއަ އަށް އަވަސް ޝިފާއަކަށް އެދިފައެވެ. ސިންގަލްސް ކެޓަގަރީން 24ގްރޭންޑް ސްލޭމް ހާސިލުކޮށްފައިވާ ޖޮކޮވިޗަކީ ދުނިޔޭގެ ޓެނިސްގައި މިހާރު ވެސް ރަސްކަންކުރަމުން އަންނަ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު