ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ކުރިން ބްރެޒިލްގެ ލެޖެންޑަރީ ޑިފެންޑަރު ކަފޫ ހޮވި އާސެނަލްއާއި ޕީއެސްޖީގެ ކޮމްބައިންޑް އެގާރައިގައި ޕީއެސްޖީގެ ކްވިޗާ ކްވަރާސްކޭލިއާގެ ބަދަލުގައި އާސެނަލްގެ ލިއަންޑްރޯ ޓްރޮސާޑް ހިމެނުމުން ގިނަ ބަޔަކު ހައިރާންކަން ލިބިއްޖެއެވެ.
ބެލްޖިއަމްގެ ވިންގަރ ވަނީ މި ސީޒަނުގައި އާސެނަލްއަށް މުހިންމު ވަގުތުތަކުގައި ތަފާތު ދައްކައިފައެވެ. އޭނާ ވަނީ އަށް ލަނޑު ޖަހައި ދިހަ އެސިސްޓް ކޮށްދީފައެވެ. އަދި އޭނާ ފަށާނީ ވާތްފަރާތުން ކަމަށް ބެލެވެއެވެ. ޓްރޮސާޑްގެ މޮޅު ކުޅުމާ އެކު ވެސް، ގިނަ ސަޕޯޓަރުން އިސްކަންދިނީ 19 ލަނޑާއި ދިހަ އެސިސްޓް ހަދާފައިވާ ކްވަރާސްކޭލިއާއަށެވެ. މިއީ ޕީއެސްޖީއާ ދެކޮޅަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވާނީ ކާކުތޯ ކުރެވޭ ބަހުސް އިތުރަށް ހޫނުކޮށްދޭ ކަމެކެވެ.
ކަފޫގެ ލައިންއަޕްގައި ޓްރޮސާޑް އާއި ކްވަރާސްކޭލިއާގެ އަޅާކިޔުމުގެ އިތުރުން ވެސް ފާހަގަކޮށްލެވޭ ބައެއް ނިންމުންތައް ހުއްޓެވެ. އޭގެ ތެރޭގައި ޑެކްލަން ރައިސްގެ ބަދަލުގައި ވިޓީނިއާ އަދި ޑެސިރޭ ޑޫއޭގެ ބަދަލުގައި ބުކަޔޯ ސަކާ ހިމެނެއެވެ. ޑިފެންސްގައި ހިމެނެނީ ޑޭވިޑް ރާޔާ، ހަކީމީ، މާކީނިއޯސް، ގެބްރިއަލް މަގަލްހައެސް އަދި ރިކާޑޯ ކަލަފިއޮރީއެވެ. މިޑްފީލްޑް ބަލަހައްޓާނީ ވިޓީނިއާ، މާޓިން އޮޑެގާޑް އަދި ޖޮއާއޯ ނެވޭސްއެވެ. އަދި އެޓޭކިންގް ތްރީގައި ހިމެނެނީ ސާކާ، ޓްރޮސާޑް އަދި އުސްމާން ޑެމްބެލޭއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.