ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބީޗް ވޮލީބޯޅައިން ޖަޕާނު އަތުން ދިވެހި ޓީމަށް ބައްޔެއް

ޝެއާ ކުރޭ Facebook Telegram Viber X

ޖަޕާނުގެ އައިޗީ-ނަގޯޔާގައި ކުރިއަށްދާ 20ވަނަ އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ ގައުމީ ފިރިހެން ޕެއާ ކުޅުނު ދެވަނަ މެޗުން، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޖަޕާނުގެ ކުޅުންތެރިންގެ އަތުން ސީދާ ދެ ސެޓުން ބަލިވެއްޖެއެވެ.

ނަގޯޔާގެ ހެކިނަން ރިޔޮކުޗީ ބީޗް ކޯޓުގައި ކުރިއަށްދިޔަ މި ކުރިމަތިލުމުގައި، ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިން ކަމަށްވާ އާދަމް ނަސީމް (އެޑަމް)އަދި އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ)ގެ މައްޗަށް ޖަޕާނުގެ ކޯޓާ ކުރޮސާވާއާއި ތައިޓޯ މިޒުމާޗީ ކުރިހޯދާފައި ވަނީ 21-15އަދި 21-11އިންނެވެ. މެޗުގެ ފުރަތަމަ ސެޓުގެ ފެށުން ރަނގަޅުކޮށް، ދިވެހި ކުޅުންތެރިން ވަނީ ގާތްގާތުގައި ޕޮއިންޓް ހޯދައި ވާދަވެރި ކުޅުމެއް ދައްކާފައެވެ.

ފިރިހެން ޓީމުގެ އިތުރުން، މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން ބީޗް ވޮލީ ޕެއާ ކަމަށްވާ އާމިނަތު އަރީޝާއާއި ފާތުމަތު އަނާލްގެ ދެވަނަ މެޗު މާދަމާ ފަތިހު ރާއްޖެ ގަޑިން 5:00ގައި އޮންނާނެއެވެ. މި މެޗުގައި އެ ކުޅުންތެރިން ނުކުންނާނީ ހޮންގް ކޮންގާ ދެކޮޅަށެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، އަންނަ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ މި ބޮޑު ކުޅިވަރު ޢީދުގައި ދިވެހިރާއްޖެއިން 81މެންބަރުންގެ މައްޗަށް އެކުލެވޭ ކޮންޓިންޖެންޓެއް ބައިވެރިވެއެވެ. އޭޝިއާ ބައްރުގެ 45ގައުމަކުން ވާދަކުރާ މި ގޭމްސްގައި ރާއްޖެއިން ތަމްސީލުކުރާ ހަތް ކުޅިވަރަކީ ބީޗް ވޮލީބޯޅައިގެ އިތުރުން ފެތުމާއި، މޫދު ރާޅާއެޅުމާއި، ބެޑްމިންޓަނާއި، ޓޭބަލް ޓެނިހާއި، އެތުލެޓިކްސް އަދި ޝޫޓިންގްއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު