ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ދިވެހި ބެޑްމިންޓަން ޓީމު ޖަޕާނަށް ފުރައިފި

ޝެއާ ކުރޭ Facebook Telegram Viber X

ޖަޕާނުގެ އައިޗީ-ނަގޯޔާގައި މިހާރު ފަށައިގެން ކުރިއަށްދާ 20ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ބެޑްމިންޓަން ޓީމު މިއަދު އެ ޤައުމަށް ފުރައިފިއެވެ.

މި ފަހަރުގެ މުބާރާތަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އެކުލަވާލި ސްކޮޑުގައި ހިމެނެނީ ހުނަރުވެރި ހަތަރު ކުޅުންތެރިންނެވެ. އެއީ ފިރިހެން ކުޅުންތެރިން ކަމަށްވާ ޒަޔާން ޒަކީއާއި ނިބާލް އަޙްމަދުގެ އިތުރުން، އަންހެން ކުޅުންތެރިން ކަމަށްވާ އާމިނަތު ނަބީހާ (ނަބީ)އަދި ފާތިމަތު ނަބާހާ (ނަބާ)އެވެ.

އަންނަ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބޮޑު ކުޅިވަރު ޢީދުގައި ދިވެހިރާއްޖެއިން ޖުމްލަ 81މަންދޫބުން ބައިވެރިވާނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އިން ހާމަކުރެއެވެ. އޭޝިއާގެ 45ޤައުމަކުން ވާދަކުރާ މި މުބާރާތުގައި ބެޑްމިންޓަނުގެ އިތުރުން ރާއްޖެއިން ބައިވެރިވާ ކުޅިވަރުތަކުގެ ތެރޭގައި އެތުލެޓިކްސް، ފެތުން، ޓޭބަލް ޓެނިސް، ޝޫޓިން، ސާފިން އަދި ބީޗް ވޮލީބޯޅަ ހިމެނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު