ޖަޕާނުގެ ނަގޯޔާގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް ފިރިހެން ޓީމު އިވެންޓުގައި ރާއްޖޭގެ ޤައުމީ ޓީމާ ވާދަކޮށް ސީދާ ތިން ގޭމުން މޮޅުވެ، އުޒްބަކިސްތާނުން އެ ގްރޫޕްގެ ދެވަނަ މަޤާމަށް ކުރިއަށް ޖެހިލައިފިއެވެ.
ސްކައި ހޯލް ޓޮޔޯޓާގައި ކުޅުނު މި މެޗަކީ މުބާރާތުގެ ޓީމު އިވެންޓުގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗެވެ. މި މެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ މައްޗަށް އުޒްބަކިސްތާނުން ކުރިހޯދީ ބޮޑު ތަފާތަކުންނެވެ.
މެޗުގެ ފުރަތަމަ ކުރިމަތިލުމުގައި ރާއްޖޭގެ އަޚްޔާރް އަހްމަދު ޚާލިދާ ދެކޮޅަށް ކުޅެ އުޒްބަކިސްތާނުގެ ޝޯކްރޫޚް އިސްކަންދަރޯވް ސެޓުތައް ގެންދިޔައީ 07-11، 07-11އަދި 03-11އިންނެވެ. މީގެ އިތުރުން ދެވަނަ ގޭމުގައި ރާއްޖޭގެ މުޙައްމަދު ޝައްފާން އިސްމާޢީލާ ވާދަކޮށް، އުޒްބަކިސްތާނުގެ ދިޔޯރުބެކް ދިލްޝޮދޯވް ކުރިހޯދީ 09-11، 03-11އަދި 07-11އިންނެވެ.
ފަހު ގޭމުގައި އުޒްބަކިސްތާނުގެ ޚޫރުޝިދު އަޙްމަދޯވްއާއި ރާއްޖޭގެ މޫސާ މުންސިފް އަޙްމަދު ބައްދަލުކުރިއިރު، މި ގޭމް އުޒްބަކިސްތާނުން ކާމިޔާބުކުރީ 10-12، 06-11، 13-11އަދި 06-11އިންނެވެ.
ޓީމު އިވެންޓުގެ މެޗުތަކަށްފަހު، ރާއްޖޭގެ ކުޅުންތެރިން ދެން ނުކުންނާނީ މި މުބާރާތުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުތަކަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.