ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ގައްދޫ ބަލިކޮށް އީގަލްސްއަށް ދެވަނަ މޮޅު

ޝެއާ ކުރޭ Facebook Telegram Viber X

އާދީއްތަ ދުވަހުގެ ހަވީރު ގައްދޫގައި ކުޅުނު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުގައި، ދެވަނަ ހާފުގެ ތެރޭގައި ޖެހި ގޯލުތަކާ އެކު 2-0ގެ ނަތީޖާއަކުން ގައްދޫ ރެކްރިއޭޝަން ކުލަބު ބަލިކޮށް، ކުލަބް އީގަލްސްއިން މުހިންމު މޮޅެއް ކަށަވަރުކޮށްފިއެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި އަދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ނަތީޖާ އީގަލްސްއިން ބަދަލުކޮށްލީ ފަހު ހާފުގައި އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރުމަށް ފަހުގައެވެ. އެގޮތުން މެޗުގެ 68ވަނަ މިނެޓުގައި ތަޖުރިބާކާރު ފޯވާޑް އިސްމާއީލް އީސާ (މެސީ)ވަނީ ލަނޑެއް ޖަހައި އީގަލްސްއަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން ވެސް ގައްދޫގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އަމާޒުކުރަމުންދިޔަ އީގަލްސްގެ ދެވަނަ ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޖައިލަމްއެވެ.

މި ކާމިޔާބީއާ އެކު އީގަލްސް ވަނީ މިހާތަނަށް ލީގުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ޖުމްލަ ހަ ޕޮއިންޓް ހަމަކޮށްފައެވެ. މީގެ ކުރިން ކުޅުނު ފުރަތަމަ މެޗުގައި ބިސް ބުރުގެ މައްޗަށް 3-1އިން ކުރިހޯދި އީގަލްސް މިވަގުތު އޮތީ، އެއްވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފައެވެ. ނަމަވެސް ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ ކުރި ލިބެނީ ވިކްޓަރީއަށެވެ.

އަނެއްކޮޅުން، އަމިއްލަ ރަށުގައި ކުޅެ އީގަލްސް އަތުން ބަލިވި ގައްދޫއަށް މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުން ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަތުން 2-0އިން ބަލިވިއިރު، ދެވަނަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބު އަތުން ބަލިވީ 4-2ގެ ނަތީޖާއަކުންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު