ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

16 އަހަރުގެ ޑައުމަންގެ ތަފާތާއެކު އާސެނަލް ހަތަރުވަނަ ބުރަށް!

ޝެއާ ކުރޭ Facebook Telegram Viber X

ރޭ އިޕްސްވިޗްގެ ޕޯޓްމަން ރޯޑްގައި ކުޅުނު އިނގިރޭސި ލީގު ކަޕްގެ މެޗުގައި އުމުރުން އެންމެ 16އަހަރުގެ މެކްސް ޑައުމަން ކާމިޔާބުކުރި ދެ ގޯލާއެކު، 4-2ގެ ނަތީޖާއަކުން އިޕްސްވިޗް ބަލިކޮށް އާސެނަލުން މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. 

ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާ އާސެނަލްގެ ފުރަތަމަ އެގާރައަށް ކޯޗު މިކޭލް އާޓޭޓާ ވަނީ މި މެޗުގައި ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ޑައުމަންގެ އިތުރުން 17އަހަރުގެ މާލީ ސަލްމަންއަށް ވެސް ވަނީ ސީނިއާ ޓީމުން އަލަށް ޖާގަދީފައެވެ. 

މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ޑައުމަންގެ ގޯލުން އާސެނަލުން ކުރި ހޯދާފައިވާއިރު، އޭގެ ނުވަ މިނެޓު ފަހުން ނޯނީ މަޑުއެކޭ ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓު ތެރޭގައި ޑައުމަން އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކުރިއިރު، އާސެނަލްގެ ހަތަރުވަނަ ގޯލު 58ވަނަ މިނެޓުގައި ޖަހައިދިނީ މިކޭލް މެރީނޯއެވެ. 

މެޗުގެ ފަހުކޮޅު އިޕްސްވިޗުން ކުޅުން ރަނގަޅުކޮށްފައިވާއިރު، 62ވަނަ މިނެޓުގައި އަނިސް މެހްމެޓީ ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ޖަހައިދީފައެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގައި ޗުބާ އަކްޕޮމް ވަނީ އިޕްސްވިޗްގެ ދެވަނަ ގޯލު ކާމިޔާބުކޮށް ފަރަގު ކުޑަކޮށްފައެވެ. 

މުބާރާތުގެ ކުރިއަށް އޮތް ބުރުގައި އާސެނަލް ނުކުންނަން ޖެހޭނީ، މިރޭ މެންޗެސްޓަރ ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު