ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

"ޓީޓީ ކުޅުންތެރިންގެ ކާމިޔާބީގެ ސިއްރަކީ "އަރުތަ" ސްކޮލަރޝިޕް"

ޝެއާ ކުރޭ Facebook Telegram Viber X

ރާއްޖޭގެ ޓީޓީ ކުޅުންތެރިން ބައިނަލްއަގުވާމީ މައިދާނުގައި މިހާރު ހޯދަމުން އަންނަ ބޮޑެތި ކުރިއެރުމާއި ކާމިޔާބީތަކުގެ އަސްލަކީ ސަރުކާރުން ދޫކުރާ "އަރުތަ"ޕްރޮގްރާމްގެ އެހީތެރިކަން ކަމުގައި ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ފެންވަރު ރަނގަޅު ތަމްރީނުތަކެއް ހޯދުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން 2022ވަނަ އަހަރު ސަރުކާރުން ތައާރަފުކުރި މި ސްކޮލަރޝިޕްގެ ދަށުން، ގިނަ އަދަދެއްގެ ޓީޓީ ކުޅުންތެރިން އަންނަނީ ތަފާތު ގައުމުތަކުގައި ތަމްރީނު ހޯދަމުންނެވެ.ޕީއެސްއެމްގެ "ކުޅިވަރު ވިންދު"ޕްރޮގްރާމްގައި ވާހަކަދައްކަވަމުން  ޝިއުރީ ފާހަގަކުރެއްވި ގޮތުގައި، ޖަރުމަނުވިލާތް ފަދަ ކުރިއަރާފައިވާ ގައުމުތަކުން ކުޅުންތެރިންނަށް ލިބުނު ފުރުސަތުތަކުގެ ނަތީޖާއަކަށްވީ، އިންޑިއަން އޯޝަން އައިލަންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ޓީޓީ ޓީމުން ގިނަ މެޑަލްތަކެއް ކާމިޔާބުކުރުމެވެ.

މި މަހުގެ ތެރޭގައި ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްއަށް ރާއްޖޭގެ ގައުމީ ޓީޓީ ޓީމުން މިހާރު އަންނަނީ ވަރަށް ފޯރިއާ އެކު ތައްޔާރުވަމުންނެވެ. ނައިޖީރިއާއަށް ނިސްބަތްވާ ތަޖުރިބާކާރު ކޯޗެއްގެ ބެލުމުގެ ދަށުން ކުރިއަށްދާ މި ފަރިތަކުރުންތަކަށް ފަހު، އެ މުބާރާތުގައި ރާއްޖޭގެ ފަރާތުން ޖުމްލަ އަށް ކުޅުންތެރިއަކު ވާދަކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ކުޑަ މެދުކެނޑުމަކަށްފަހު ދިވެހި ސަރުކާރުން މިހާރު ވަނީ ކުޅިވަރު ކުޅުންތެރިންނަށް ހާއްސަކޮށްފައިވާ "އަރުތަ"ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު