ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޗެމްޕިއަން ޕީއެސްޖީން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް ދިފާއުކުރުމުގެ އަމާޒުގައި ނުކުތް ޕީއެސްޖީން، އަލަށް އެ ޓީމާ ގުޅުނު ފެރާން ޓޮރޭސް ކާމިޔާބުކުރި ހެޓްރިކާ އެކު އަމިއްލަ ދަނޑުގައި 6-1ގެ ނަތީޖާއަކުން ސްލޮވަން ބްރަޓިސްލާވާ ބަލިކޮށް މުބާރާތުގެ ފެށުން ވަރުގަދަކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގެ ކުރީގެ ތަރި ޔާޔާ ޓޫރޭގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ސްލޮވާކިއާގެ ކްލަބް ކޮޅަށް ޕީއެސްޖީގެ އޮސްމާން ޑެމްބެލޭ ދެ ގޯލު ވައްދާލާފައި ވަނިކޮށް، ފަހުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓޮރޭސް ވަނީ މެދުކެނޑުމެއް ނެތި ތިން ގޯލު ޖަހައި އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މެޗުގެ 57ވަނަ މިނެޓާ ހަމައަށް ދިޔައިރު ފަރަންސޭސިވިލާތުގެ ގަދަބާރުން އޮތީ ފަސް ލަނޑުގެ ބޮޑު ލީޑެއް ނަގާފައެވެ. ނަމަވެސް ސްލޮވަން ބްރަޓިސްލާވާގެ ސުލައިމާން ކަމާރާ ވަނީ އެ ޓީމަށް ސުންކަނޑުވާލަދީފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ ދެ މިނެޓަށްވެފައި ވަނިކޮށް ފަބިއަން ރުއިޒް ކާމިޔާބުކުރި ލަނޑާއެކު ޕީއެސްޖީން ވަނީ އެ ޓީމުގެ ހަވަނަ ގޯލު ޖަހައި ނަތީޖާ ޔަގީންކޮށްފައެވެ.

ފްރެންޗް ލީގުގެ ކުރީކޮޅުގައި ޕީއެސްޖީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ ކަމުގައިވިޔަސް، ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތުގައި އެ ޓީމުން މިރޭ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު