ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރުޑިގާ ބައިނަލްއަގުވާމީ ފުޓުބޯޅައަށް އަލްވަދާއު ކިޔައިފި

ޝެއާ ކުރޭ Facebook Telegram Viber X

ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދިނުމުގެ ބޭނުމުގައި، ޖަރުމަނުގެ މަޝްހޫރު ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އުމުރުން 33އަހަރުގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލައި، އޭނާގެ ކުލަބު ކެރިއަރަށް ފުރިހަމައަށް ސަމާލުކަން ދިނުމަށް ނިންމައިފިއެވެ.

ބައިނަލްއަގުވާމީ ފުޓުބޯޅައިން ރިޓަޔާކުރިކަން ހާމަކުރަމުން ރުޑިގާ ބުނީ، މިއީ ގައުމީ ޖާޒީ ބޭއްވުމަށްފަހު އައު ޖީލުގެ ކުޅުންތެރިންނަށް ޖާގަ ދޭންވީ އެންމެ ރަނގަޅު ވަގުތު ކަމަށެވެ. މީގެ އިތުރުން، ފަހުގެ އަހަރުތަކުގައި ޖަރުމަނު ޓީމަށް ބޮޑެތި މުބާރާތްތަކުގައި އެދެވޭ ކާމިޔާބީތަކެއް ހޯދިފައިނުވާކަމާއި، ހިތްދަތި ނަތީޖާތަކަކާ ކުރިމަތިލާންޖެހުނުކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އެހެން ނަމަވެސް، އޭނާގެ ފުޓުބޯޅަ ހަޔާތުގައި ގައުމު ތަމްސީލުކުރުމަށް ލިބުނު ފުރުޞަތަކީ އަބަދުވެސް ފަޚުރުވެރިވާނެ އަދި ކެރިއަރު ފުރިހަމަކޮށްދިން އެންމެ ބޮޑު އެއް ޝަރަފުކަމުގައި އޭނާ ސިފަކުރިއެވެ.

މި ޑިފެންޑަރު ގައުމީ ޓީމާ ވަކިމިވަނީ ބައިނަލްއަގުވާމީ މައިދާނުގައި 12އަހަރު ހޭދަކުރުމަށް ފަހުއެވެ. 2014ވަނަ އަހަރު ޖަރުމަނު ޓީމުން ޖާގަ ހޯދަން ފެށި ރުޑިގާ ވަނީ އެ ގައުމަށް 86މެޗު ކުޅެދީފައެވެ. ނަމަވެސް އެ އަހަރު ޖަރުމަނުން ވޯލްޑް ކަޕް އުފުލާލި ސްކޮޑުގައި އޭނާ ނުހިމެނެއެވެ. ރުޑިގާ ގައުމީ ޓީމާއެކު އެންމެ ފަހުން ފެނިގެންދިޔައީ ފީފާ ވޯލްޑް ކަޕްގައެވެ. އެ މުބާރާތުގެ ދެވަނަ ބުރުން ޖަރުމަނު ކެޓިއިރު، އޭގެ ކުރިން 2018އަދި 2022ގެ ވޯލްޑް ކަޕްގައި ވެސް އެ ޓީމަށް ކުރިމަތިވީ ނާކާމިޔާބީއާއެވެ. އެ ދެ ފަހަރު ވެސް ޖަރުމަނު ވަނީ ގްރޫޕް ސްޓޭޖާ ހިސާބުން މުބާރާތުން އަލްވަދާއު ކިޔާފައެވެ.

ރުޑިގާގެ ކުލަބު ކެރިއަރަށް ބަލާއިރު، އޭނާ ފާހަގަވާން ފެށީ ޑޯޓްމަންޑާއި ސްޓުޓްގާޓްގެ ޔޫތު އެކެޑަމީތަކުންނެވެ. އޭގެ ފަހުން އިޓަލީގެ ރޯމާއާއި އިންގްލެންޑުގެ ޗެލްސީގައި މޮޅު ކުޅުމެއް ދައްކައި، ޗެލްސީއާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއެވެ. އަދި މިހާރު ކުޅެމުންދާ ރެއާލް މެޑްރިޑާއެކު މި އަހަރުވެސް އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ އިތުރުން ސްޕެނިޝް ލީގު (ލަލީގާ)ހޯދާފައެވެ.

ގައުމީ ޓީމުން ރިޓަޔާކުރުމަށް ފަހު، ކުރިއަށް އޮތް ތަނުގައި ރުޑިގާގެ ހުރިހާ ސަމާލުކަމެއް ދޭނީ ހަމައެކަނި ރެއާލް މެޑްރިޑަށް ކާމިޔާބީ ހޯދައިދިނުމަށް ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު