ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހިތުގެ ސާޖަރީއަކާ ގުޅިގެން މެކްޓޮމިނޭ އެއްމަސް ދުވަހަށް ކުޅުމާ ދުރަށް!

ޝެއާ ކުރޭ Facebook Telegram Viber X

އިޓަލީގެ ނާޕޮލީއަށް ކުޅެމުން އަންނަ ސްކޮޓްލެންޑުގެ މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭއަށް ދިމާވެފައިވާ ހިތުގެ މައްސަލައަކަށް ފަރުވާ ހޯދުމުގެ ގޮތުން ކުރަންޖެހޭ އޮޕަރޭޝަނެއްގެ ސަބަބުން، ކުރިއަށް އޮތް އެއް މަސް ދުވަހު އޭނާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެކަން އެ ކުލަބުން މިއަދު އިއުލާނުކޮށްފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ ޖާޒީގައި ކުރިން ފެނިގެންދިޔަ އުމުރުން 29ހަރުގެ ކުޅުންތެރިޔާއަށް ދިމާވެފައިވަނީ ހިތުގެ ވިންދު އަވަސްވުމުގެ މައްސަލައެއްކަމަށްވާ "މައިލްޑް ބެނިން އެރިތުމިއާ"ކަން ނާޕޮލީން އާންމުކުރި ރަސްމީ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މި ކަމަށް ފަރުވާކުރުމަށްޓަކައި "ކޮރެކްޓިވް އެބްލޭޝަން ސާޖަރީ (ޕީއެފްއޭ)"އެއް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުރާނެކަމަށް ވެސް އެ ކުލަބުން މައުލޫމާތުދެއެވެ. 

މި ސާޖަރީއަށް ފަހު އޭނާ އަލުން ކުޅުމުގެ ތެރެއަށް އަންނާނީ ކުރިއަށް އޮތް ބައިނަލްއަގުވާމީ މެދުކެނޑުމަށް ފަހުގައި ކަމަށް ބެލެވެއެވެ. 

މިކަމުގެ ސަބަބުން، ޔުއެފާ ނޭޝަންސް ލީގުގައި ސްކޮޓްލެންޑުން ކުޅުމަށް ތާވަލުކޮށްފައިވާ މުހިންމު ހަތަރު މެޗެއް މެކްޓޮމިނޭއަށް ގެއްލޭނެއެވެ. އޭގެ ތެރޭގައި މި މަހުގެ 26އިން ފެށިގެން އޮކްޓޯބަރު 6ވަނަ ދުވަހުގެ ނިޔަލަށް ސްލޮވީނިއާއާ ދެކޮޅަށް ކުޅޭ ދެ މެޗާއި، ސްވިޒަލެންޑް އަދި ނޯތު މެސެޑޯނިއާއާ ބައްދަލުކުރާ މެޗުތައް ހިމެނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު