ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބަލޮގަން އެވަޓަންއަށް ބަދަލުވަނީ

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަންއަށް ސޮއިކުރުމަށް އެމެރިކާގެ ގައުމީ ޓީމުގެ ފޯވާޑް ފޮލާރިން ބަލޮގަން މިހާރު ހުރީ ތައްޔާރަށެވެ.

މިދިޔަ ފީފާ ވޯލްޑް ކަޕްގައި ބޮޑު ސިޔާސީ ބަހުސެއްގެ ތެރެއަށް ދިޔަ އުމުރުން 25އަހަރުގެ ބަލޮގަން މިހާރު ކުޅެމުންދަނީ ފްރާންސްގެ މޮނާކޯއަށެވެ. މޮނާކޯގެ އޮފިޝަލަކާ ހަވާލާދީ "ދި އެތުލެޓިކް"ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާ އެވަޓަންއަށް ވިއްކާލަން އެ ކްލަބުން މިހާރު ވަނީ ނިންމާފައެވެ.

ކުރިން އާސެނަލަށްވެސް ކުޅުނު ބަލޮގަން އެވަޓަންއަށް ބަދަލުވަނީ އިތުރު ބޯނަސްތަކާއެކު ޖުމުލަ 50މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭނާ ވަނީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި އެމެރިކާ ޓީމުގައި މޮޅު ކުޅުމެއް ދައްކައި، ކުޅުނު ހަތަރު މެޗުން ތިން ލަނޑު ޖަހައިދީފައެވެ. އޭނާގެ މި ކާމިޔާބު ކުޅުމާއެކު އެމެރިކާ ވަނީ މުބާރާތުގެ ގަދަ 16އާ ހަމައަށް ދަތުރުކޮށްފައެވެ.

ވޯލްޑް ކަޕްގެ ތެރޭގައި ބަލޮގަންއާ ގުޅިގެން ސިޔާސީ ބަހުސެއް އުފެދުނީ، މެޗެއްގައި އޭނާއަށް ދެއްކި ރަތް ކާޑާ ގުޅިގެން ފީފާއިން ދިން ސަސްޕެންޝަން އުވާލަން ނިންމުމުންނެވެ. ފީފާގެ މި ނިންމުމުގެ ފަހަތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުވެރިވުން އޮތް ކަމަށްވެއެވެ. ޓްރަމްޕް އަމިއްލަފުޅަށް ވަނީ ބަލޮގަންގެ ސަސްޕެންޝަނަށް ލުއި ހޯދައިދިނުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ގުޅުއްވި ކަމަށް ވިދާޅުވެފައެވެ.

ފީފާގެ މި ނިންމުމާ ގުޅިގެން، ގަދަ 16ގެ ބުރުގައި އެމެރިކާއާ ދެކޮޅަށް ކުޅުނު ބެލްޖިއަމުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރިއެވެ. އަދި އެ މައްސަލަ ބެލްޖިއަމުން އިސްތިއުނާފަށް ހުށަހެޅި ނަމަވެސް، ފީފާގެ ނިންމުން ބަދަލުކުރުމުގައި އެ ގައުމަށް ކާމިޔާބެއް ލިބިފައެއް ނުވެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު