ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޗެލްސީގެ ޑިފެންސްގައި ބޮޑެތި މައްސަލަތަކެއް

ޝެއާ ކުރޭ Facebook Telegram Viber X

އާ ކޯޗު ޒަބީ އަލޮންސޯއަށް ސްޓޭމްފޯޑް ބްރިޖުން މަރުހަބާ ކީ މެޗުގައި، ބްރައިޓަން ހޯވް އެލްބިއޯންއާ ވާދަކޮށް ޗެލްސީން ހަނި ނަތީޖާއަކުން ތިން ޕޮއިންޓް ކަށަވަރުކޮށްފިއެވެ.

މި މެޗުގެ ފުރަތަމަ 30މިނެޓުގައި ޗެލްސީން ވަނީ ބެޔާ ލެވަކޫސަންގައި އަލޮންސޯ ހޭދަކުރި ކާމިޔާބު ދެ އަހަރު ފެނުނު ފަދަ ވަރުގަދަ އެޓޭކިން ގޭމެއް ކުޅެ، މެޗު އެއްކޮށް ކޮންޓްރޯލް ކޮށްފައެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޗެލްސީން މެޗުގެ ކުރީކޮޅު ތިން ލަނޑުގެ ލީޑެއް ނެގިއެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮމެއޯ ލަވިއާ، ޕެޑްރޯ ނެޓޯ އަދި ހެސޫސް ޖާއޯ ޕެޑްރޯއެވެ. ނަމަވެސް، މި ފުރިހަމަ ފެށުމަށް ފަހު ޗެލްސީގެ ދިފާއީ ފާރުން ފެނުނު ބަލިކަށިކަމުގެ ސަބަބުން ބްރައިޓަންއިން ވަނީ މެޗުގެ ތެރެއަށް އެނބުރި އައުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

އެސްޓަން ވިލާ ދޫކޮށް ޗެލްސީއާ އަލަށް ގުޅުނު އާޖެންޓީނާގެ އެއްވަނަ ގޯލްކީޕަރު އެމީ މާޓިނޭޒް މި މެޗުގައި ކުޅެން ނުކުތް ނަމަވެސް، ބައިކޮޅަށް ވަން ލަނޑުތައް ހުއްޓުވުމުގައި އޭނާއަށް ކާމިޔާބެއް ނުވިއެވެ. ބްރައިޓަންގެ މާލިކް ޔާލްކޫޔޭ ވަނީ މާޓިނޭޒް ކަޓުވާލުމަށް ފަހު އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދީފައެވެ. އޭގެ އިރުކޮޅެއް ފަހުން ޕެޑްރޯ އަތުން ބައިކޮޅަށް ވަން ލަނޑާ އެކު، ޗެލްސީއަށް މެޗުގެ ލީޑު ގެއްލިދާނެކަމުގެ ބިރު ބޮޑުވިއެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކޯލޯ ޕާމާ 74ވަނަ މިނެޓުގައި ޖެހި ލަނޑާއެކު ޗެލްސީއަށް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ބްރައިޓަންގެ ޕާސްކާލް ގްރޯސް ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައި، ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު