ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޒުވާން ޓީމާ މެދު ކޯޗުގެ އުއްމީދު ބޮޑު!

ޝެއާ ކުރޭ Facebook Telegram Viber X

މިޔަންމާގައި މިހާރު ކުރިއަށްދާ 20އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ސްޓޭޖުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޤައުމީ ފުޓުބޯޅަ ޓީމުގެ ސްކޮޑަކީ ފަހުގެ ތާރީޚެއްގައި އެކުލަވާލެވުނު އެންމެ ވަރުގަދަ ޓީމު ކަމަށާއި، މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ހެޑް ކޯޗު އަޙުމަދު ޝާކިރު (ޝާކިއްޓޭ)ހާމަކޮށްފިއެވެ.

ޝާކިރު ފާހަގަކުރި ގޮތުގައި މިފަހަރުގެ ޓީމު ޚާއްސަވާ އެންމެ ބޮޑު އެއް ސަބަބަކީ، ސީނިއާ ޤައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅޭ ފެންވަރުގެ ކުޅުންތެރިންތަކެއް ސްކޮޑުގައި ހިމެނުމެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން އޭނާ ބުނީ، ފަރިތަކުރުންތަކަށް އެކަށީގެންވާ ވަގުތު ނުލިބުނު ނަމަވެސް، ކަޕް ވިނާސް ކަޕްގައި ގިނަ ކުޅުންތެރިންތަކެއް ވާދަކޮށްފައިވުމަކީ ޓީމަށް ލިބިގެންދިޔަ ވަރަށް ބޮޑު ފައިދާއެއް ކަމަށެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ލައްވާލާފައި ވަނީ ޑިވެލޮޕްމަންޓް ފޭސްގައެވެ. ރާއްޖޭގެ އިތުރުން މިޔަންމާ، ސްރީލަންކާ އަދި ދާރުއްސަލާމް ހިމެނޭ މި ގްރޫޕުން އެންމެ މޮޅު ނަތީޖާ ހޯދާ ދެ ޓީމަކަށް މުބާރާތުގެ ކޮލިފިކޭޝަން ފޭހުން ޖާގަ ކަށަވަރުވާނެއެވެ. ޝާކިރު ދެކޭގޮތުގައި ޑިވެލޮޕްމަންޓް ފޭސް ފަހަނައަޅައި ކޮލިފިކޭޝަން ސްޓޭޖަށް ދަތުރުކުރުމަކީ ރާއްޖެއަށް ހާސިލުކުރެވޭނެ މުހިންމު އަމާޒެކެވެ.

ޒުވާން ކުޅުންތެރިން ބިނާކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް މީގެ ކުރިން ވެސް ހޯދާފައިވާ ޝާކިރުގެ އިރުޝާދުގެ ދަށުން ޤައުމީ ޓީމު މި މުބާރާތާ ކުރިމަތިލަނީ ބޮޑު އުއްމީދަކާއެކުގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު