ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެތުލެޓިކް އަތުން ބާސާއަށް މޮޅެއް

ޝެއާ ކުރޭ Facebook Telegram Viber X

ރޭ ސްޕެއިންގެ ލަލީގާގައި 59000އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި އަމިއްލަ ދަނޑު ކަމަށްވާ ސްޕޮޓިފައި ކޭމްޕް ނޯގައި ކުޅުނު ފޯރިގަދަ މެޗުގައި، އެތުލެޓިކް ކްލަބުގެ މައްޗަށް 2-0ގެ ނަތީޖާއަކުން ކުރިހޯދައި، ބާސެލޯނާއިން މުހިންމު ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.

މި މެޗުގައި ކެޓަލާން ކްލަބުން މޮޅު ކުޅުމެއް ދައްކާފައިވާއިރު، އެ ޓީމަށް މެޗުގެ ލީޑު ނަގައިދިނީ ފުރަތަމަ ހާފުގެ 37ވަނަ މިނިޓުގައި ބްރެޒިލްގެ ފޯވާޑް ރަފީނިއާއެވެ. ޒުވާން މިޑްފީލްޑަރު ޕެޑްރީ ތަނަވަސްކޮށްދިން ރަނގަޅު ފުރުސަތެއްގައި ރަފީނިއާ މި ޖެހި ލަނޑާ އެކު، ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން އޭނާ ވަނީ ޖުމްލަ ތިން ލަނޑު ހަމަކޮށްފައެވެ. ބާސެލޯނާގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައި ވަނިކޮށް، ފާމިން ލޮޕޭޒްގެ ފަރާތުންނެވެ.

އިނގިރޭސި ކްލަބް މެންޗެސްޓަރ ސިޓީއަށް 65މިލިއަން ޕައުންޑް ދިނުމަށްފަހު ބާސެލޯނާއިން އަލަށް ގެނައި ތަރި ރޮޑްރީ ވަނީ ރޭގެ މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފައެވެ.

ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އުފެއްދި މި މެޗުގައި ރަފީނިއާގެ އިތުރުން ހުނަރުވެރި ކުޅުންތެރިޔާ ލަމީން ޔަމާލްއަށް ވެސް ވަނީ ގޯލު ޖަހާނެ ރަނގަޅު ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަނެއްކޮޅުން އެތުލެޓިކްއަށް ނަތީޖާ ހަމަހަމަކުރުމަށް އެންމެ ހުސް ފުރުސަތެއް ލިބުނީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ނިކޯ ވިލިއަމްސްއަށެވެ. ނަމަވެސް އޭނާ ފޮނުވާލި ނުރައްކާތެރި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު