ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ގަވާއިދުތަކާ ޚިލާފުވުމުން މަޔާމީގެ ކޯޗަށް ފިޔަވަޅު އަޅައިފި

ޝެއާ ކުރޭ Facebook Telegram Viber X

އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް)ގެ މެޗުތައް ފެށުމަށް ކަނޑައަޅާފައިވާ ވަގުތަށް ފަރުވާކުޑަކުރުމުގެ ސަބަބުން، އިންޓަރ މަޔާމީގެ ވަގުތީ ހެޑް ކޯޗު ގިޔަރްމޯ ހޯޔޯސް އެއް މެޗަށް ސަސްޕެންޑްކޮށް އޭނާގެ އިތުރުން މުޅި ކުލަބު ވެސް ޖޫރިމަނާކޮށްފިއެވެ.

މެޗުގެ ކޮންމެ ހާފެއް ފެށުމަށް ކަނޑައަޅާފައިވާ ގަޑިއަށް ޓީމުތައް ދަނޑަށް ނުކުމެ ތިބުމަކީ މަޖުބޫރުކަމެއްކަން އެމްއެލްއެސް އިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެއެވެ. އަދި މި އުސޫލާ ތަކުރާރުކޮށް ޚިލާފުވާ ނަމަ ކޯޗުން ސަސްޕެންޑްވުމުގެ އިތުރުން، ކުލަބާއި ކޯޗުންގެ ޖޫރިމަނާގެ އަދަދު ބޮޑުވަމުންދާނެކަމަށް އެ އިދާރާއިން އިންޒާރުދީފައިވެއެވެ. މައްސަލައާ ގުޅިގެން ހޯޔޯސް ޖޫރިމަނާކުރި އަދަދު ސިއްރުކޮށްފައިވީ ނަމަވެސް، ކުލަބު ޖޫރިމަނާކޮށްފައިވާކަން އެ ބަޔާނުގައި ކަށަވަރުކޮށްދީފައިވެއެވެ.

އެމްއެލްއެސްގެ މި ނިންމުމާ އެކު، ކުރިއަށް އޮތް ހޮނިހިރު ދުވަހު މޮންޓްރިއަލްއާ ދެކޮޅަށް މަޔާމީ ކުޅޭ މެޗުގައި އެ ޓީމަށް އިރުޝާދުދިނުމަށް ބެންޗުގައި ހޯޔޯސްއަކަށް ނުހުރެވޭނެއެވެ.

ހާވިއަރ މަޝެރާނޯ މަގާމުން ވަކިވުމާ ގުޅިގެން އޭޕްރީލް މަހުގެ 14ވަނަ ދުވަހު މަޔާމީގެ ކޯޗުކަމާ ހަވާލުވި އުމުރުން 63އަހަރުގެ ހޯޔޯސްއަކީ ލިއޮނެލް މެސީއާ ވަރަށް ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ. އޭނާއަކީ ބާސެލޯނާގެ ޒުވާން ދުވަސްވަރު މެސީގެ ހުނަރު ފާހަގަކޮށް، ކެރިއަރު ކުރިއެރުވުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން އާޖެންޓީނާއަށް ނިސްބަތްވާ ކޯޗެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު