ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އޮލިމްޕިކް ފެންވަރުގެ ސްކޯތަކާ އެކު އުންމީދު ބޮޑު!

ޝެއާ ކުރޭ Facebook Telegram Viber X

ޖަޕާނުގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ރާއްޖޭގެ ޤައުމީ ޝޫޓިން ޓީމުން ފޯރިއާ އެކު ފަރިތަކުރުންތައް ކުރިއަށްގެންދާއިރު، ބައެއް އެތުލީޓުން އޮލިމްޕިކް މުބާރާތްތަކުގެ ފައިނަލް ފެންވަރުގެ ސްކޯތައް ހަދަމުންދާތީ އެ ޓީމާމެދު ކުރެވޭ އުންމީދުތައް އާވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޤައުމީ ޓީމުގެ ކޯޗު އިބްރާހީމް ސިމާދު ވަނީ، ޓީމުގައި ހިމެނޭ ޒުވާން އެތުލީޓުންގެ ހުނަރުވެރިކަން ފާހަގަކުރައްވައިފައެވެ. ސިމާދު ވިދާޅުވި ގޮތުގައި އެއާ ރައިފަލް އިވެންޓުގައި ވާދަކުރާ އީޝާ އަންނަނީ 629ގެ ސްކޯއެއް ހަދަމުންނެވެ. މިއީ އެންމެ ފަހުގެ އޮލިމްޕިކްސްގެ ފައިނަލުން ޖާގަ ހޯދި ކުޅުންތެރިންގެ ނަތީޖާއާ އެއްވަރުގެ މިންވަރެކެވެ. މީގެ އިތުރުން، ތަޖުރިބާކާރު ޕިސްޓަލް ޝޫޓަރު ޒިޔާން ވެސް ހުރީ އޮލިމްޕިކް ފައިނަލް ފެންވަރުގެ ނަތީޖާ ނެރެވޭ ފަދަ ފޯމެއްގައެވެ.

ކުރިއަށް އޮތް ބޮޑު މުބާރާތަށް ޓީމު ތައްޔާރުވަމުންދަނީ މިހާރު ހޯދިފައިވާ ކުރިއެރުންތައް ދަމަހައްޓައި، ނަތީޖާތައް އިތުރަށް ރަނގަޅުކުރުމުގެ އަމާޒުގައެވެ. ކޯޗު ބުނި ގޮތުގައި އެންމެ ބޮޑު މަޤުސަދަކީ އޭޝިއަން ގޭމްސްގެ ފައިނަލުން ޖާގައެއް ކަށަވަރުކުރުމާ އެކު، މުބާރާތުގައި ވަރުގަދަ ވާދަވެރިކަމެއް ދެއްކުމެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ޖުމްލަ 12ޝޫޓަރުން ދާނީ ޕިސްޓަލް އަދި ރައިފަލް ކެޓަގަރީތަކުގެ އިންޑިވިޖުއަލް، މިކްސްޑް އަދި ޓީމު އިވެންޓުތަކުގައެވެ.

ޖަޕާނުގެ އައިޗީ އަދި ނަގޯޔާގައި 2026ވަނަ އަހަރު ބާއްވާ 20ވަނަ އޭޝިއަން ގޭމްސްގައި 45ޤައުމަކުން ބައިވެރިވާނެއެވެ. ޝޫޓިންގެ އިތުރުން ރާއްޖޭގެ އެތުލީޓުން ވާދަކުރުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކުގެ ތެރޭގައި އެތުލެޓިކްސް، ޓޭބަލް ޓެނިސް، ބެޑްމިންޓަން، ސާފިން އަދި ސްވިމިން ހިމެނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު