ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އަލޮންސޯ ވަކިވާން ޖެހުނީ ރެއާލްގެ ސިޔާސީ ކޯޅުމާ ހެދި

ޝެއާ ކުރޭ Facebook Telegram Viber X

ރެއާލް މެޑްރިޑްގެ ކޯޗުކަމުން ޒަބީ އަލޮންސޯ ވަކިވާން ޖެހުނީ ފުޓްބޯޅައާ ގުޅުންހުރި ކަމަކާ ހެދި ނޫން ކަމަށާއި، އެއީ އެ ކްލަބުގެ އެތެރޭގެ ސިޔާސީ ކަންތައްތަކާ ހެދި ކަމަށް ރެއާލްގެ ކުރީގެ ކޯޗު ރަފާ ބެނިޓޭޒް ބުނެފިއެވެ.

ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބެނިޓޭޒް ވަނީ އަލޮންސޯއަށް މަގާމު ގެއްލުނު ސަބަބާ ބެހޭގޮތުން އޭނާގެ ހިޔާލު ހިއްސާކޮށްފައެވެ.

ލިވަޕޫލްގައި އަލޮންސޯއަށް ކޯޗުކޮށްދިން ބެނިޓޭޒް ބުނިގޮތުގައި، އޭނާއާއި އަލޮންސޯ ރެއާލްއާ ހަވާލުވުމުގައި އެއްގޮތް ކަންތައްތަކެއް ހުއްޓެވެ. އެގޮތުން ދެ ކޯޗުން ވެސް އެ ކްލަބާ ހަވާލުވީ އެހެން ޓީމުތަކެއްގައި ކާމިޔާބު މަސައްކަތްތަކެއް ކުރުމަށްފަހުގައެވެ. ބަޔާ ލެވަކޫސަންގައި އަލޮންސޯ ދެއްކި މޮޅު ކުޅުމާއި ފުރިހަމަ މަސައްކަތަކީ އޭނާ ރެއާލް މެޑްރިޑްގެ ސީނިއާ ޓީމާ ގުޅުމަށް މަގުފަހިވި ސަބަބު ކަމަށް ބެނިޓޭޒް ފާހަގަކުރިއެވެ. ރެއާލްގެ އެކަޑަމީގައި ކުރިން މަސައްކަތް ކުރި އަލޮންސޯ، މިދިޔަ ސީޒަނުގައި އެ ކްލަބުގެ ސީނިއާ ޓީމާ ގުޅުނު ނަމަވެސް، ސީޒަނުގެ މެދުތެރެއިން އޭނާގެ ވަޒީފާ ވަނީ ގެއްލިފައެވެ.

ޗެލްސީގެ މިހާރުގެ ކޯޗު އަލޮންސޯއާ ބެހޭގޮތުން ވާހަކަދައްކަމުން ބެނިޓޭޒް ބުނީ، އަލޮންސޯއަކީ ވަކި ނިޒާމެއްގެ ތެރެއިން ރޭވުންތެރިކަމާއެކު މަސައްކަތް ކުރަން ބޭނުންވާ، އަދި ކުޅުންތެރިން ހާސިލުކުރަން ބޭނުންވާ ކަންކަމާ ބެހޭގޮތުން ވާހަކަދައްކަން ލޯބިކުރާ ކޯޗެއް ކަމަށެވެ. ނަމަވެސް ރެއާލް މެޑްރިޑަކީ ކްލަބް ޕޮލިޓިކްސް ނުވަތަ އެތެރޭގެ ސިޔާސީ ކަންތައްތައް ވަރަށް ބޮޑަށް އޮންނަ ތަނެއް ކަމަށާއި، އަލޮންސޯއަށް ކަންކަން އުނދަގޫވީ އެ ސަބަބާ ހުރެ ކަމަށް ބެލެވޭ ކަމަށް ބެނިޓޭޒް ބުންޏެވެ.

ރެއާލް މެޑްރިޑްގެ ޒުވާން ޓީމަށާއި ސީނިއާ ޓީމަށް ކޯޗުކޮށްދިން ބެނިޓޭޒްގެ މަގާމު ވެސް ސީޒަނުގެ މެދުތެރެއިން ގެއްލިފައިވެއެވެ. އޭނާ ރެއާލްއާ ހަވާލުވީ 2015-16ވަނަ ސީޒަނުގެ ކުރީކޮޅު، އޭރުގެ ކޯޗު ކާލޯ އަންޗެލޮޓީ މަގާމުން ވަކިކުރުމުންނެވެ. ނަމަވެސް އެންމެ 18މެޗަށް ފަހު، 2016ވަނަ އަހަރުގެ ޖެނުއަރީ މަހު ރެއާލުން އޭނާ މަގާމުން ވަކިކުރިއެވެ. ލިވަޕޫލާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ބެނިޓޭޒް އެންމެ ފަހުން މަސައްކަތް ކުރީ ގްރީކްގެ ޕަނަތިނައިކޯސްގައެވެ. އެކަމަކު މިހާރު އޭނާ ހުރީ އެއްވެސް ވަޒީފާއެއްގައެއް ނޫނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު