ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ދަ ސްޓެންޑާޑް ބަލިކޮށް ކުޑަފުށިން ވާދަވެރިކަން އިތުރުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

މީދޫ އެކުވެރި ކްލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތް"ގައި ދަ ސްޓެންޑާޑް އަތުން ސީދާ ތިން ސެޓުން ކުޑަފުށި މޮޅުވުމާއެކު، ގްރޫޕް ބީގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެއްޖެއެވެ.

ފުރަތަމަ މެޗުން ހޯދި މި ކާމިޔާބީގައި ކުޑަފުށިން ސެޓުތައް ނަގާފައިވަނީ 25-19، 25-18އަދި 25-21ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މޮޅު ކުޅުމެއް ދައްކައިގެން މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކުރީ ކުޑަފުށީގެ އަހުމަޒު އަޒީމްއެވެ.

މި ގްރޫޕްގައި ހިމެނެނީ ޖުމްލަ ތިން ޓީމު ކަމަށްވާއިރު، ދަ ސްޓެންޑާޑުން ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖޯލި ބީން ބަލިކޮށްފައެވެ. އެހެންކަމުން، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޯލި ބީންއާއި ދެކޮޅަށް ކުޑަފުށި ނުކުންނައިރު، މި މެޗުން ކުޑަފުށި މޮޅުވެއްޖެނަމަ ވިދިވިދިގެން ތިން އަހަރު ތާޖު އުފުލާލި ޖޯލި ބީންއަށް މުބާރާތާ އަލްވަދާއު ކިޔަން ޖެހޭނެއެވެ. 

މީގެ އިތުރުން، މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ބަނޑޮހާއި ކޯރާ ކޯރާ އެވެ. މި ދެ ޓީމުން ވެސް ވަނީ މެޗަށް ނުކުންނައިރު ލީގު ބުރުގެ ޖާގައެއް މިހާރު ވެސް ކަށަވަރުކޮށްފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު