ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޑިޕާއީ ކޮރިންތިއަންސްގައި މަޑުކުރަން ނިންމައިފި

ޝެއާ ކުރޭ Facebook Telegram Viber X

ބްރެޒިލްގެ ކޮރިންތިއަންސްގެ މާލީ ހާލަތު ހުރިގޮތުން ކުރިން ލިބެމުންދިޔަ ބޮޑު މުސާރަ ކުޑަކުރުމަށް އެއްބަސްވެ، ނެދަލޭންޑްސްގެ ތަޖުރިބާކާރު ފޯވާޑް މެމްފިސް ޑިޕާއީ އެ ޓީމުގެ އެއްބަސްވުން އާކޮށް އިތުރަށް މަޑުކުރަން ނިންމައިފިއެވެ.

ކުލަބުގެ ރައީސް އޮސްމާ ސްޓަބައިލްއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޑިޕާއީ މިހާރު ވަނީ ކުލަބަށް ދެއްކޭނެ ފަދަ އާމްދަނީއަކަށް އާނބަސް ބުނެފައެވެ. ރަސްމީކޮށް ކުލަބުން އަދަދުތައް ހާމަނުކުރި ނަމަވެސް، އިތުބާރު ހުރި މަސްދަރުތަކުން ބުނާ ގޮތުގައި އޭނާ ވަނީ ކުރިން ލިބެމުންދިޔަ 75މިލިއަން ޑޮލަރުގެ ބަދަލުގައި 21މިލިއަން ޑޮލަރަށް މުސާރަ ކުޑަކުރަން އެއްބަސްވެފައެވެ. އަދި މި ބަދަލާ އެކު އޭނާ 2028ވަނަ އަހަރުގެ ނިޔަލަށް އެ ޓީމުގައި ދެމިހުންނާނެއެވެ.

އެންމެ ފުރަތަމަ 2024ވަނަ އަހަރު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކޮރިންތިއަންސްއާ ގުޅުނު ޑިޕާއީ، އާ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފުރަތަމަ ބޮޑު އަދަދަކަށް ޑިމާންޑުކުރިއެވެ. އެހެންކަމުން މާލީ ދަތިތަކާ ހުރެ އޭނާ ދޫކޮށްލަން ވެސް ކުލަބުގެ އިސްވެރިން ވިސްނިއެވެ. ނަމަވެސް، ކްލަބުގެ ރައީސް ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ ފެންވަރުގެ ތަރިންނާއެކު ކުރެވޭ މަޝްވަރާތަކަށް ވަގުތު ނެގި ނަމަވެސް، މިހާރު ހުރިހާ ކަމެއް ވެސް ދަނީ ވަރަށް އޮމާންކޮށެވެ.

މީގެ ކުރިން އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑަށް ވެސް ކުޅެފައިވާ އުމުރުން 32އަހަރުގެ ފޯވާޑަކީ ނެދަލޭންޑްސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔާއެވެ. އެންމެ ފަހުގެ ވޯލްޑް ކަޕްގައި ކުޅުނު ތިން މެޗުގައި ގޯލެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، އޭނާ ވަނީ ކޮރިންތިއަންސްއަށް ކުޅެދިން 79މެޗުގައި 20ލަނޑު ޖަހައިދީފައެވެ. ބްރެޒިލްގެ ލީގު ތާވަލުގެ ނުވަވަނައިގައި މިވަގުތު ކޮރިންތިއަންސް އޮތްއިރު، ޑިޕާއީ ވަނީ އެ ޓީމާއެކު ދެ މުބާރާތެއްގެ ތަށި އުފުލާލާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު