ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރޮޑްރީގެ ވާހަކަދައްކަން ސިޓީގެ ކޯޗު ދެކޮޅު

ޝެއާ ކުރޭ Facebook Telegram Viber X

ބާސެލޯނާއާ ގުޅެން އުޅޭކަމަށް ފެތުރިފައިވާ އަޑުތަކާ އެކު މެންޗެސްޓަރ ސިޓީގެ މުހިންމު މިޑްފީލްޑަރު ރޮޑްރީގެ މުސްތަޤުބަލާ މެދު ސުވާލު އުފެދިފައި ވަނިކޮށް، ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ކޮންމެފަދަ ބަދަލެއް ވެސް އައުން އެކަށީގެންވާކަމަށް ބުނެ، އެ ޓީމުގެ އާ ކޯޗު އެންޒޯ މަރެސްކާ ސީދާ ޖަވާބެއް ދިނުމަށް ނުކުޅެދިއްޖެއެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑު ހާސިލުކޮށްފައިވާ ރޮޑްރީ، މެޑްރިޑުން ފުރައިގެން ލިވަޕޫލަށް ދަތުރުކުރި ރަޔަންއެއަރ ފްލައިޓެއްގެ ތެރެއިން ފެންނަ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް މީސްމީޑިއާގައި އާންމުވުމުން އޭނާ ކްލަބު ބަދަލުކުރަން އުޅޭކަމުގެ ޝައްކުތައް ވަނީ އިތުރަށް ބޮޑުވެފައެވެ. އެ ފޮޓޯގައި އޭނާގެ އަތުގައި އޮތް ކުޑަ ފޮށީގައި ޤައުމީ ދިދައާއި ޖާޒީ ނަންބަރުގެ އިތުރުން އޭނާގެ ނަން ވެސް ލިޔެފައިވެއެވެ. އާސެނަލްއާ ދެކޮޅަށް ކާޑިފްގައި ކުޅުމަށް ހަމަޖެހިފައިވާ ކޮމިއުނިޓީ ޝީލްޑް މެޗުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރަމުން މަރެސްކާ ބުނީ، ކުޅުންތެރިން ވިއްކުމާއި ގަތުމުގެ ފުރުސަތު އަދިވެސް އޮތްކަމަށާއި ޓްރާންސްފާ ބާޒާރުގައި ކޮންމެ ގޮތަކަށްވެސް ކަންތައްތައް ފުރޮޅިގެން ހިނގައިދާނެ ކަމަށެވެ.

ޖުލައި މަހުގެ ފަހުކޮޅު ސާޖަރީއެއް ހަދާފައިވާ ސްޕެއިންގެ ކުޅުންތެރިޔާއާ ބައްދަލުވިކަން ފާހަގަކުރަމުން ކޯޗު ބުނީ އޭނާގެ ހާލަތު ފެންނަ ފެނުމަށް ވަރަށް ރަނގަޅު ކަމަށާއި ފަރިތަކުރުންތަކަށް ނުކުތުމަށް ތައްޔާރަށް ހުރިކަމަށެވެ. ފާއިތުވި އަހަރުތަކުގައި ސިޓީން ހޯދަމުން އައި ކާމިޔާބީތަކުގެ މައިބަދަ ކަމުގައިވާ ރޮޑްރީ ކްލަބު ދޫކޮށްލާނެކަމުގެ އަޑުތައް ގަދަވެފައި އޮތްނަމަވެސް، މަރެސްކާގެ ވިސްނުން ހުރީ މާދަމާ ރޭގެ ކުރިމަތިލުމަށެވެ. 

މަރެސްކާ ހާމަކުރިގޮތުގައި ޓީމަށް އެކެއް ނުވަތަ ދެ ކުޅުންތެރިން ގެނައުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ފައިނަލް މެޗަކާ 48ގަޑިއިރަށް ވެފައިވަނިކޮށް އޭނާގެ ހުރިހާވެސް އަމާޒަކީ މެޗަށް އެންމެ ފުރިހަމައަށް ތައްޔާރުވެ މޮޅުވުން ކަމުގައި ވަނީ ބުނެފައެވެ. ގިނަ ބަޔަކު ކޮމިއުނިޓީ ޝީލްޑަކީ ހަމައެކަނި އެކުވެރިކަމުގެ މެޗެއްގެ ގޮތުގައި ދުށްނަމަވެސް، އެކަމާ ދެކޮޅުހަދަމުން މަރެސްކާ ވަނީ އައު ސީޒަން ތަށްޓަކާ އެކު ފެށުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. ޕެޕް ގާޑިއޯލާގެ ބަދަލުގައި ސިޓީގެ ހުންގާނާ ހަވާލުވި އައު ކޯޗު މިހާރު އިންތިޒާރުކުރަމުން އެދަނީ އެ ޓީމާ އެކު އޭނާގެ ފުރަތަމަ ކާމިޔާބީ ހޯދުމަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު