ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރޮޑްރީ ހޯދުމަށް ބާސެލޯނާއިން ހުށަހެޅި ބިޑަށް ސިޓީން ދެކޮޅު

ޝެއާ ކުރޭ Facebook Telegram Viber X

ސްޕެއިންގެ މޮޅު ކުޅުންތެރިޔާ ރޮޑްރީ ގަތުމަށް ކެޓަލާންގެ ގަދަބާރު ބާސެލޯނާއިން އިއްޔެ ހުށަހެޅި 38.5މިލިޔަން ޕައުންޑުގެ ރަސްމީ ބިޑަކީ މާ ކުޑަ އަދަދެއްކަމަށް ބަލައި، އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީން އެ ހުށަހެޅުން އަނބުރާ ފޮނުވާލައިފިއެވެ.

އުމުރުން 30އަހަރުގެ ހުނަރުވެރި މިޑްފީލްޑަރު ދޫކޮށްލުމަށް ސިޓީގެ މެނޭޖްމަންޓުން އިއުތިރާޒު ނުކުރި ނަމަވެސް، އެ ކުލަބުން އަމާޒުހިފާފައި ވަނީ 60މިލިޔަން ޕައުންޑަށް ވުރެ މަތީގެ ފީއެއް ހޯދުމަށެވެ. އިއްތިހާދު ސްޓޭޑިއަމްގައި އޭނާ މަޑުކުރުމަށް ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެންމެ އަހަރަކަށް ވެފައިވާއިރު، މުއްދަތު އިތުރުކުރުމުގެ އައު އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނުވެއެވެ. އެހެންކަމުން މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އޭނާ ކުލަބު ބަދަލުކުރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުރިން ގިނަ ބަޔަކު ލަފާކޮށްފައިވާ ގޮތުން، ރޮޑްރީ ދެން ފެނުން އެންމެ ގާތީ ވާދަވެރި ރެއާލް މެޑްރިޑުންނެވެ. ނަމަވެސް ބާސެލޯނާއިން ވަނީ ސިޓީއާ އެކު ވާހަކަދެއްކުމުގެ ހުއްދަ ކުޅުންތެރިޔާގެ ފަރާތުން ހޯދައި، ރޭހުގެ އެންމެ ކުރިއަށް ޖެހިލާފައެވެ.

އަނިޔާގެ ސަބަބުން ފާއިތުވި ސީޒަންތަކުގައި ރޮޑްރީއަށް ގިނަ މެޗުތަކެއް ގެއްލިފައިވެއެވެ. އޭގެ ތެރޭގައި ކަކުލުގެ ސީރިއަސް މައްސަލަތަކާއި، ހޭމްސްޓްރިންގ އަނިޔާތައް ހިމެނެއެވެ. މިކަންކަމާ އެކުގައި ވެސް، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑު 2024ވަނަ އަހަރު ހާސިލުކުރި މި ތަރި ވަނީ 2026ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން ޗެމްޕިއަންކަމަށް ގެންގޮސްދީ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދާފައެވެ.

ދާދި ފަހުން ކޮށްފައިވާ ބުރަކަށީގެ އޮޕަރޭޝަނަކާ ގުޅިގެން ރޮޑްރީ އަދިވެސް ހުރީ ކުޅުމާ ދުރުގައެވެ. އަންނަ ހަފުތާގެ ތެރޭގައި އޭނާ އަލުން ސިޓީގެ ސްކޮޑާ ގުޅޭނެކަމަށް ބެލެވޭއިރު، އޭނާގެ ޓްރާންސްފާއާ މެދު ސިޓީން ބޭނުންވަނީ މި މަހުގެ ދެވަނަ ހަފުތާގެ ކުރިން އަވަސް ގޮތެއް ނިންމާށެވެ. އެއީ އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ގެނައުމަށް ވަގުތު ހޯދުމުގެ ގޮތުންނެވެ. ރޮޑްރީގެ މަގާމަށް ފުރުމަށް ސިޓީން ލޯއަޅަމުންދަނީ ފްރާންސްގެ ލިލްއަށް ކުޅޭ މޮރޮކޯގެ ޒުވާން ހުނަރުވެރިޔާ އުމުރުން 18އަހަރުގެ އައްޔޫބު ބުއައްދީއަށެވެ. އެހެން ނަމަވެސް އެ ކުޅުންތެރިޔާ ވިއްކާލުމަށް ލިލްއިން 86މިލިޔަން ޕައުންޑު ޑިމާންޑުކުރާތީ، މިއީ ސިޓީއަށް އޮތް ބޮޑު ގޮންޖެހުމެކެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު