ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މޯލްޑިވްސް ހާފް މެރަތަން 2026 ނިންމާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

މޯލްޑިވްސް އައި ރަނާސްއިން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ބޭއްވި "މޯލްޑިވްސް ހާފް މެރަތަން 2026"ގައި ފަސް ކެޓަގަރީއަކުން ދެހާހަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވެ، އެ ހަރަކާތް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

ބޮލީވުޑްގެ ކުރީގެ ތަރި އަދި ދުނިޔޭގެ ފެންވަރުގެ ފިޓްނަސް އައިކަން މިލިންދު ސޯމަން ވެސް ބައިވެރިވި މި މެރަތަންގެ ދުވުންތައް ފަށާފައިވަނީ ފަތިހު 5:15ގައެވެ. އެ ވަގުތު ހާފް މެރަތަންއާއި 15ކިލޯމީޓަރުގެ ރޭސް ފެށިއިރު، ހެނދުނު 6:00ގައި ވަނީ 10ކިލޯމީޓަރުގެ "ޓަފް ޓެން"ދުވުން ކުރިއަށް ގެންގޮސްފައެވެ. އަދި އޭގެ ފަހުން 7:30ގައި ފަސް ކިލޯމީޓަރުގެ ދުވުން ބޭއްވުމަށް ފަހު، އެންމެ ފަހު ހަރަކާތެއްގެ ގޮތުން ކުޑަކުދިންނަށް އަމާޒުކޮށްގެން ޚާއްސަ ރޭހެއް ވަނީ ބާއްވާފައެވެ.

މި ބޮޑު ދުވުމުގެ ހަރަކާތްތައް ފެށިގެން ދިޔައީ މިދިޔަ އަންގާރަ ދުވަހު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވި ޚާއްސަ އެކްސްޕޯއަކުންނެވެ. އެގޮތުން، ދުވުންތެރިންނަށް ބިބް ދޫކުރުމާއި، ކަސްރަތާ ގުޅޭ ތަފާތު ޗެލެންޖްތަކާއި ފޮޓޯ ނެގުމުގެ އިތުރުން ދުވުމަށް ބޭނުންވާ އާލާތްތައް ވިއްކުމުގެ ހަރަކާތްތައް މި އެކްސްޕޯގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން، އެކްސްޕޯގެ ތެރެއިން ކުރިއަށްދިޔަ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މި މެރަތަންގެ އެމްބެސެޑަރު ކަމަށްވާ އައިރަން މޭން ޓްރައި އެތުލީޓް މިލިންދު ސޯމަންއާ އެކު ބޭއްވުނު ޚާއްސަ ޕެނަލް ޑިސްކަޝަނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު