ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިންޓަރ އަތުން ބަލިވެ ސިޓީއަށް ނާކާމިޔާބީއަކުން ފަށަންޖެހިއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އޭޝިއާގައި ކުރިއަށްގެންދާ ޓުއަރގެ ތެރެއިން ހޮންގްކޮންގްގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި، ޕެނަލްޓީ ޖަހައިގެން އިޓަލީގެ ޗެމްޕިއަން އިންޓަރ މިލާން އަތުން ބަލިވެ، މެންޗެސްޓަރ ސިޓީގެ އައު ކޯޗު އެންޒޯ މަރެސްކާގެ ފުރަތަމަ ތަޖުރިބާ ނާކާމިޔާބީއަކުން ނިންމާލަން ޖެހިއްޖެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1އިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-1ގެ ނަތީޖާއަކުން ކުރި ހޯދީ އިންޓަރއިންނެވެ. މެޗުގެ ލީޑު އެންމެ ފުރަތަމަ ނެގީ ސިޓީންނެވެ. އެއީ ކުޅުން ފެށިގެން 14ވަނަ މިނެޓުގައި ޒުވާން ފޯވާޑް ޑިވިން މުބާމާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން، މެޗުގެ 20ވަނަ މިނެޓުގައި އިންޓަރގެ ބެންޖަމިން ޕަވާޑް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗު ފެށިގެން ކުރީކޮޅު އިންޓަރއިން މޮޅު ކުޅުމެއް ދައްކައި، ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ހޯދި ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ. ހަމައެއާއެކު، ސިޓީއަށް ވެސް އިތުރު ލަނޑުތަކެއް ޖަހަން ފަހި ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ. މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީތަކުގައި ސިޓީއަށް ވަނީ ބޮޑު މާޔޫސްކަމަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން، އެ ޓީމުން ފޮނުވާލި ފުރަތަމަ ތިން ޕެނަލްޓީ ވެސް ވަނީ ނާކާމިޔާބުވެފައެވެ.

ވޯލްޑް ކަޕްގެ މުބާރާތަށްފަހު ދީފައިވާ ޗުއްޓީގައި ތިބުމުގެ ސަބަބުން، ދެ ޓީމުގެ ވެސް އެންމެ މުހިންމު އަދި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް މި މެޗުގައި ކުޅެފައެއް ނުވެއެވެ. އެހެންކަމުން، ސިޓީ އަދި އިންޓަރއިން ވެސް އައު ސީޒަނަށް ތައްޔާރުވުމުގެ މި މެޗުތަކާ ކުރިމަތިލަމުންދަނީ އެ ކުޅުންތެރިންނާ ނުލައި، ޓީމުގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު