ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކަޔާންއާއި އިނާން މުލީކޮޅު ރާޅުގަނޑުގެ ފައިނަލަށް

ޝެއާ ކުރޭ Facebook Telegram Viber X

މ. މުލީގައި މިހާރު ކުރިއަށްދާ "މުލީކޮޅު ރާޅުގަނޑު 2026"ސާފިންގ މުބާރާތުގެ ޖޫނިއަރ ކެޓަގަރީގެ ފައިނަލުގެ ޖާގަތައް، ސެމީ ފައިނަލް ހީޓުތަކުގައި މޮޅު ކުޅުމެއް ދެއްކުމަށްފަހު ކަޔާން ޢަބްދުﷲ އަރީފާއި މުހައްމަދު އިނާން ޢަބްދުލްހަންނާން ކަށަވަރުކޮށްފިއެވެ.

ފުރަތަމަ ސެމީ ފައިނަލްގައި ވާދަކޮށް ކަޔާން ކުރިހޯދީ ހުސެއިން އަޒާން އިސްމާޢީލާ ވާދަކޮށެވެ. މި ހީޓުގައި ކަޔާން ޖުމްލަ 12.50ޕޮއިންޓް ހޯދިއިރު، އަޒާން އަށް ލިބުނީ 10.07ޕޮއިންޓެވެ. އެހެންކަމުން ކަޔާން ފައިނަލަށް ދަތުރުކުރީ 2.43ގެ ތަފާތަކުން ކުރީގައި އޮވެގެންނެވެ. މީގެ އިތުރުން ދެވަނަ ސެމީ ހީޓުގައި އަހުމަދު ރައްފާން ރައުފް ބަލިކުރުމަށްފަހު އިނާން ފައިނަލަށް ދިޔައީ 6.73ޕޮއިންޓުގެ ބޮޑު ތަފާތަކުންނެވެ. މިގޮތުން އިނާން 11.33ގެ ސްކޯއެއް ރެކޯޑުކުރިއިރު ރައްފާން އަށް އެއްކުރެވުނީ 5.97ޕޮއިންޓެވެ.

ކަޔާންގެ ފަރާތުން އެންމެ ފުރިހަމަ ހުނަރެއް ފެނިގެންދިޔައީ އޭނާ އެޅި ދެވަނަ އަދި ތިންވަނަ ރާޅުގައެވެ. އެގޮތުން ދެވަނަ ރާޅުން 5.17އަދި ތިންވަނަ ރާޅުން 7.33އޭނާ ހޯދިއެވެ. އަނެއްކޮޅުން އަޒާން އެންމެ ރަނގަޅު ނަތީޖާއެއް ނެރުނީ ހަތަރުވަނަ ރާޅުންނާއި (5.00ޕޮއިންޓް)ހަތްވަނަ ރާޅުންނެވެ (5.07ޕޮއިންޓް).

އިނާންގެ އެންމެ މަތީ ސްކޯތައް އައިސްފައިވަނީ އޭނާގެ ފުރަތަމަ ދެ ރާޅުންނެވެ. ފުރަތަމަ ރާޅަށް 4.00ލިބުނުއިރު ދެވަނަ ރާޅުގައި އޭނާ ވަނީ 7.33ގެ މަތީ ސްކޯއެއް ހަދާފައެވެ. ރައްފާންގެ އެންމެ މަތީ ދެ ސްކޯ ކަމަށްވާ 2.60އާއި 3.00ހޯދާފައިވަނީ ތިންވަނަ އަދި ހަތަރުވަނަ ރާޅުންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު