ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކަސެމީރޯގެ ޓްރާންސްފަރ ގަވާއިދާ އެއްގޮތް: އިންޓަރ މަޔާމީ

ޝެއާ ކުރޭ Facebook Telegram Viber X

އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް)ގެ އުސޫލުތަކާ ޚިލާފަށް ބްރެޒިލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯގެ ސޮއި ހޯދިކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް، އެ ކްލަބުން އަމަލުކުރީ ކަނޑައެޅިފައިވާ ގަވާއިދުތަކުގެ ތެރެއިންކަމަށް އިންޓަރ މަޔާމީގެ ކޯ-އޯނަރު ޖޯޖް މާސް ރަސްމީކޮށް ވިދާޅުވެއްޖެއެވެ.

މި ޓްރާންސްފަރ އާ ގުޅިގެން ލީގުން ތަހުގީގެއް ފަށާފައި ވަނީ، ކަސެމީރޯއާ މުއާމަލާތްކުރުމުގެ "ޑިސްކަވަރީ ރައިޓްސް"އެލްއޭ ގެލެކްސީއަށް ލިބިފައި ވަނިކޮށް، އިންޓަރ މަޔާމީން ސިއްރުން އޭނާއާ ވާހަކަދައްކާފައިވާ ކަމަށް ބެލެވުމުންނެވެ. ނަމަވެސް މާސް ވިދާޅުވީ، ކަސެމީރޯ އަދި އޭނާގެ އެޖެންޓުންނާ އެ ކްލަބުން މަޝްވަރާތައް ފެށީ ލީގާއި އެލްއޭ ގެލެކްސީގެ ފުރިހަމަ ހުއްދަ ލިބުމަށްފަހުގައި ކަމަށެވެ. މީގެ އިތުރުން މާސް ވަނީ އެމްއެލްއެސްގެ "ޑިސްކަވަރީ ރައިޓްސް"އުސޫލަށް ފާޑުވިދާޅުވެފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެ އުސޫލަކީ އެމެރިކާގެ ކްލަބްތަކުގެ މެދުގައި ކުޅުންތެރިންގެ އަގު އުފުލުނަ ނުދިނުމަށް އެކުލަވާލާފައިވާ ގަވާއިދެއް ނަމަވެސް، ކަސެމީރޯ ފަދަ ބައިނަލްއަގުވާމީ ތަރިން ހޯދުމަށް އިންޓަރ މަޔާމީން ވާދަކުރަން ޖެހެނީ ޔޫރަޕްގެ ބޮޑެތި ކްލަބްތަކާއެވެ. އެހެންކަމުން މިފަދަ ގަވާއިދުތަކަށް ޒަމާނީ ބަދަލުތަކެއް ގެންނަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އުމުރުން 34އަހަރުގެ ކަސެމީރޯ ރަސްމީކޮށް ސަޕޯޓަރުންނަށް ދައްކާލުމަށް އިންޓަރ މަޔާމީގެ ސްޓޭޑިއަމްގައި ވަނީ ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. ނޫސްވެރިންނާ ބައްދަލުކޮށް ކަސެމީރޯ ބުނީ، އައު ކްލަބާ ގުޅުމުން އޭނާގެ އިތުރުން މުޅި އާއިލާ ވެސް ތިބީ ނުހަނު އުފަލުން ކަމަށެވެ. އަދި އޭނާގެ އަމާޒަކީ ލިބުނު ފުރުސަތުގެ ބޭނުން ހިފައި ޓީމާއެކު އިތުރު ކާމިޔާބީތަކެއް ހާސިލުކުރުން ކަމަށް ވެސް ބުންޏެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ކޮންޓްރެކްޓް ހަމަވުމުން އެމެރިކާއަށް ބަދަލުވި ކަސެމީރޯ ވަނީ މިދިޔަ ހޮނިހިރު ދުވަހު މޮންޓްރިއާލްއާ ދެކޮޅަށް ކުޅުނު މެޗުގައި އިންޓަރ މަޔާމީގެ ޖާޒީގައި ކުޅެފައެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީއާއެކު ކުޅުމުގެ ފުރުސަތު ލިބުމަކީ ފަޚުރެއްކަން ފާހަގަކުރަމުން، ކަސެމީރޯ ވަނީ މެސީއަކީ "ފުޓްބޯޅައިގެ ރަސްގެފާނު"ގޮތުގައި ސިފަކޮށްފައެވެ. 

2022ވަނަ އަހަރު 60މިލިއަން ޑޮލަރަށް ރެއާލް މެޑްރިޑުން ޔުނައިޓެޑަށް ބަދަލުވެ، އެ ކްލަބާއެކު އިނގިރޭސި ދެ ތަށި ކާމިޔާބުކުރި ކަސެމީރޯއަކީ އިންޓަރ މަޔާމީގެ ބޮޑު މަޝްރޫއުގެ މުހިންމު ބައެކެވެ. މާސް ހާމަކުރެއްވި ގޮތުގައި، މެސީ، ސުއަރޭޒް، ބުސްކެޓްސް އަދި އަލްބާގެ އިތުރުން ކަސެމީރޯ ފަދަ ތަރިން ގެނައުމުގެ މައިގަނޑު މަގުސަދަކީ އިންޓަރ މަޔާމީއަކީ މުޅި ދުނިޔޭގައި ވެސް އެންމެ މަގުބޫލު އެއް ކްލަބަށް ހެދުމެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު