ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސަރފް ފްރީސްޓައިލް ދުނިޔޭގެ ޗެމްޕިއަންކަން ނިއާ ސުއާޑިއާޒްއަށް

ޝެއާ ކުރޭ Facebook Telegram Viber X

ސްޕެއިންއަށް ނިސްބަތްވާ އުމުރުން 19އަހަރުގެ ހުނަރުވެރި އެތުލީޓު ނިއާ ސުއާޑިއާޒް، ގްރޭން ކެނޭރިއާގެ އެލް ބުރޭރޯ ބީޗްގައި ބޭއްވުނު ޖީޑަބްލިޔުއޭ ވިންގްފޮއިލް ވޯލްޑް ކަޕްގެ ނަތީޖާއާ އެކު، ވިންގްފޮއިލް ސާރފް ފްރީސްޓައިލް ވޯލްޑް ޗެމްޕިއަންޝިޕްގެ ތާޖު ތިންވަނަ ފަހަރަށް އަމިއްލަ ކޮށްފިއެވެ. 

މުޅި ސީޒަނުގައި އޭނާ ދައްކާފައިވާ ތަފާތު މޮޅު ކުޅުމުގެ ސަބަބުން، ގްރޭން ކެނޭރިއާގައި ކުރިއަށްދިޔަ މުބާރާތުގެ ދެވަނަ މަގާމު ލިބުނު ނަމަވެސް، ޕޮއިންޓްގެ ގޮތުން އެހެން އެތުލީޓުންނަށް ވުރެ ބޮޑުތަނުން ކުރިހޯދައިގެން ދުނިޔޭގެ ޗެމްޕިއަންކަން އޭނާއަށް ވަނީ ޔަގީންވެފައެވެ. މި އިވެންޓުގެ ފައިނަލްގައި 22.30ޕޮއިންޓް ހޯދައިގެން އެއްވަނަ ހާސިލްކުރީ އޮސްޓްރިއާގެ ވިއޯލާ ލިޕިޓްޝްއެވެ. ސުއާޑިއާޒްއަށް 19.67ޕޮއިންޓާއެކު ދެވަނަ ލިބުނުއިރު، 16.10ޕޮއިންޓާއެކު ތިންވަނައަށް ދިޔައީ އުމުރުން އެންމެ 12 އަހަރުގެ ސޯފިއާ ގިންޒިންގަރއެވެ. އަދި ހަތަރުވަނަ ލިބުނީ ނެދަލަންޑްސްގެ ބޯވިއެން ވެން ޑަރ ލިންޑެންއަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ މިހާތަނަށް ފެނިގެންދިޔަ އެންމެ ވާދަވެރި އަދި ފޯރިގަދަ އެއް ފައިނަލެވެ. މިގޮތުން، ލިޕިޓްޝް ވަނީ މީގެ ކުރިން އެއްވެސް އެތުލީޓަކަށް މުބާރާތެއްގެ ތެރޭގައި ފުރިހަމަކުރެވިފައިނުވާ އުނދަގޫ އުކުޅެއް ކަމަށްވާ "ޕަލާއު ފްރަންޓްސައިޑް 360"ވަރަށް ފުރިހަމައަށް ދައްކާލާފައެވެ. އަދި ސުއާޑިއާޒްގެ ފަރާތުން ވެސް ސަރފިންގގެ މޮޅެތި ހުނަރުތަކެއް ވަނީ ފެނިގެންގޮސްފައެވެ. 

މި މުބާރާތުގެ ފިރިހެން ކެޓަގަރީއަށް ބަލާއިރު، ޗެމްޕިއަންކަން 28.24ޕޮއިންޓާ އެކު ހޯދީ އެމެރިކާގެ ކްރިސްޓޮފަރ މެކްޑޮނާލްޑްއެވެ. 27.67ޕޮއިންޓާ އެކު ޑެންމާކްގެ ބެންޖަމިން ކަސްޓެންސްކިއޯލްޑް ދެވަނަ ހޯދިއިރު، ތިންވަނައަށް ދިޔައީ ފަރަންސޭސިވިލާތުގެ އެލެކްސް ޖެރާޑްއެވެ. އަދި ހަތަރުވަނަ މަގާމު ލިބުނީ އޮސްޓްރިއާގެ ޓޯމަސް އަޗޭރަރއަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު