ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޒުވާން ބެޑްމިންޓަން ޓީމު ފިލިޕީންސަށް ފުރައިފި

ޝެއާ ކުރޭ Facebook Telegram Viber X

އަންނަ އޮގަސްޓު މަހުގެ 4އިން 9އަށް ފިލިޕީންސްގެ މެނީލާގައި ބާއްވާ "ފިލިޕީންސް ޖޫނިއަރ އިންޓަރނޭޝަނަލް ސީރީޒް 2026"ގައި ވާދަކުރުމަށް ޓަކައި ދިވެހިރާއްޖޭގެ ޒުވާން ފަސް ބެޑްމިންޓަން ކުޅުންތެރިން މިއަދު ފުރައިފިއެވެ.

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)އާއި ބެޑްމިންޓަން އޭޝިއާ ގުޅިގެން މެނީލާގެ ގޭމްވިލް ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި މުބާރާތުގައި ދިވެހި ކުޅުންތެރިން ފެނިގެންދާނީ 15އަހަރުން ދަށާއި 19އަހަރުން ދަށުގެ އުމުރުފުރާތަކުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓްތަކުންނެވެ. 

މުބާރާތުގެ ކުޅުން ފެށުމުގެ ކުރިން ދިވެހި ޓީމުން ފިލިޕީންސްގައި ހަތް ދުވަހުގެ ޚާއްސަ ތަމްރީނު ކޭމްޕެއް ފުރިހަމަކުރާނެއެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އުންމީދީ ކުޅުންތެރިންނަކީ ލައިބާ އަހުމަދު މަހުލޫފް، ޔަލްވީ ހުސައިން ޒުހުރީ، އަހުމަދު ފަލާހު ފަރޫޒާން، އިޒްޔާން އަހުމަދު ސައީދު އަދި ރިޝާމް އަބްދުލް ފައްތާހެވެ.

ދުނިޔޭގެ ބެޑްމިންޓަންގައި އެންމެ ކުރިއަރާފައިވާ ގައުމުތަކުން ބައިވެރިވާ މި މުބާރާތަކީ އޭޝިއާ ބައްރުގެ އެންމެ މަތީ ފަންތީގެ ޖޫނިއަރ ކުޅުންތެރިންނާ ދެކޮޅަށް ކުޅެލުމަށް ދިވެހި ޒުވާން އެތުލީޓުންނަށް ލިބިގެންދާނެ ވަރަށް ރަނގަޅު ތަޖުރިބާއެކެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު