ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބެލްޖިއަމްގެ ކޯޗަކަށް ވެން ބޮމެލް ގެނައުމުން ކޯޓުއާގެ ތާއީދު

ޝެއާ ކުރޭ Facebook Telegram Viber X

ފީފާ ވޯލްޑް ކަޕް 2026ގެ ނާކާމިޔާބީއަށް ފަހު ބެލްޖިއަމްގެ ޤައުމީ ޓީމުގެ އައު ކޯޗަކަށް މާކް ވެން ބޮމެލް ހަމަޖެއްސުމުން، އެކަމަށް ތާއީދުކޮށް ތަޖުރިބާކާރު ކީޕަރު ތިބައޫ ކޯޓުއާ މަރުހަބާ ކިޔާފައިވާއިރު، އޭނާގެ ބައިނަލްއަގުވާމީ ކެރިއަރުގެ ކުރިމަގު ބިނާވާނީ އައު ކޯޗާ އެކު ބޭއްވޭ މަޝްވަރާތަކަށް ކަމަށް ހާމަކޮށްފިއެވެ.

ސްޕޮންސަރޝިޕް ހަރަކާތެއްގެ ތެރެއިން މީޑިއާއަށް މައުލޫމާތު ދެމުން އުމުރުން 34އަހަރުގެ ކޯޓުއާ ބުނީ، މިއީ ކުރިންވެސް ބެލެވިފައި އޮތް ބަދަލެއް ކަމަށާއި، ވެން ބޮމެލްއަކީ އެންޓްވަރޕްގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ގާބިލު ފަރާތެއް ކަމަށެވެ. އަދި އޭނާއަކީ އެންމެ މަތީ ފަންތީގައި ކުޅެފައިވާ ކުޅުންތެރިއަކަށް ވުމުން، މުހިންމު މެޗުތަކުގެ ޕްރެޝަރު އެނގުމާއެކު ކުޅުންތެރިންގެ ފުރިހަމަ އިހުތިރާމާއި ގަދަރު އޭނާއަށް ލިބިގެންދާނެކަން ކޯޓުއާ ފާހަގަކުރިއެވެ.

އައު ކޯޗުގެ އިރުޝާދުގެ ދަށުން ކޯޓުއާ ކުޅޭނެތޯ އަދި ޔަގީންނުވާއިރު، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކީޕަރު ބޭނުންވަނީ ކުރިއަށް އޮތް ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކުން ބްރޭކެއް ނެގުމަށެވެ. ވޯލްޑް ކަޕަށް ފަހު ވެސް ގައުމީ ޖާޒީގައި ހުރުމުގެ ޝައުގުވެރިކަން ހުރި ނަމަވެސް، އެކަމަށް ގޮތެއް ނިންމާނީ އަރާމުކުރުމަށް ވަގުތުކޮޅެއް ދިނުމާ ގުޅޭގޮތުން ވެން ބޮމެލްއާ އެކު ކުރެވޭ މަޝްވަރާތަކަށް ފަހުގައި ކަމަށް އޭނާ ބުންޏެވެ.

ބެލްޖިއަމްގެ ކޯޗުކަމާ ވެން ބޮމެލް ހަވާލުވީ، ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ސްޕެއިން އަތުން ބަލިވެ ކެޓުމާ ގުޅިގެން ކުރިން ހުރި ފްރާންސްގެ ކޯޗު ރޫޑީ ގާސިއާގެ ކޮންޓްރެކްޓް އައުނުކުރަން ފެޑެރޭޝަނުން ނިންމުމުންނެވެ. އެ މެޗުގައި ކޯޓުއާއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނުއިރު، އޭނާގެ ބަދަލުގައި ކުޅެން އެރި ސެން ލަމެންސްއަށް ހެދުނު ގޯހަކުން ސްޕެއިން ވަނީ 2-1އިން މޮޅުވެފައެވެ. 

ކޯޓުއާ ބުނި ގޮތުގައި އެ މެޗުގައި އޭނާއަށް ގޯލް ކިކް ނުޖެހުނު ނަމަވެސް ކުޅުން ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން އޮތެވެ. އެހެން ނަމަވެސް ސަތޭކައިންސައްތަ ފިޓު ނޫން ކުޅުންތެރިން ބޭނުންނުކުރަން ގާސިއާ ނިންމި ނިންމުމަށް ފުރިހަމައަށް އިހުތިރާމުކުރާ ކަމަށާއި، އަމިއްލަ އެދުމަށް ވުރެ ޓީމުގެ މަސްލަހަތު މާ މުހިންމުކަމަށް އޭނާ ވަނީ ބުނެފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު