އާޖެންޓީނާގެ ޓޯނިއޯ ކްލައުސޫރާ މުބާރާތުގައި، ތަޖުރިބާކާރު ކުޅުންތެރިޔާ ނިކޮލަސް އޮޓަމެންޑީގެ ކެޕްޓަންކަމުގެ ދަށުން ރިވަރ ޕްލޭޓްގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ބަރަކާސް ސެންޓްރަލް އަތުން 1-0ގެ ނަތީޖާއަކުން އެ ޓީމު ބަލިވެއްޖެއެވެ.
މޮނިއުމެންޓަލް ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 22ވަނަ މިނެޓުގައި ބަރަކާސްއަށް ކާމިޔާބުކޮށްދިނީ ހާވިއޭ މޮރާލޭސްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ، ބަރަކާސްގެ ރޮބާޓޯ އިންސުއާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ރިވަރ ޕްލޭޓްގެ ގޯލްކީޕަރު ސަންތިއާގޯ ބެލްޓްރާން ދިފާއުކުރުމާ އެކު ލިބުނު ރީބައުންޑް ބޯޅައިގެ ބޭނުން ހިފައިގެންނެވެ.
މެޗުގެ ފަހު ހާފުގައި ނަތީޖާ ހަމަހަމަކުރުމަށް ރިވަރ ޕްލޭޓުން ކުޅުން ރަނގަޅުކޮށް، ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް އެއިން އެއްވެސް ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލެވިފައެއް ނުވެއެވެ. މިގޮތުން، އެ ޓީމުގެ ފަކުންޑޯ ކޮލީޑިއޯ ފޮނުވާލި ހިލޭ ޖެހުމެއް ބަރަކާސްގެ ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.