ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މެންޗެސްޓާގެ ކޮންޓްރޯލް އޮތީ ސިޓީގެ އަތުގައި: އެންޑަސަން

ޝެއާ ކުރޭ Facebook Telegram Viber X

މެންޗެސްޓަރ ސިޓީގެ ފުރިހަމަ ބާރުވެރިކަން އޮތީ މެންޗެސްޓާ ޔުނައިޓެޑްގެ ބަދަލުގައި ސިޓީއަށް ކަމަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ރެކޯޑް އަގެއް ކަމަށްވާ 116މިލިއަން ޕައުންޑަށް  ސިޓީއާ ގުޅުނު އުމުރުން 23އަހަރުގެ އިނގިރޭސި މިޑްފީލްޑަރު އެލިއޮޓް އެންޑަސަން،ބުނެފިއެވެ.

މުޅި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ އެންމެ ވަރުގަދަ އެއް ކުލަބުގެ ގޮތުގައި ސިޓީ ސިފަކުރަމުން އެންޑަސަން ބުނީ، މިއީ ތަށިތަކަށް ވާދަކުރާ ފެންވަރު އެންމެ ރަނގަޅު އެއް ޓީމު ކަމަށެވެ. އަދި ފާއިތުވި ދިހަ ވަރަކަށް އަހަރުގެ ނަތީޖާތަކަށް ބަލާއިރު، ޔުނައިޓެޑަށް ވުރެ ކާމިޔާބީގެ ގޮތުން ކުރީގައި އުޅެނީ ސިޓީ ކަމަށާއި، އޭނާ އެ ކުލަބު އިޚުތިޔާރުކުރި އެންމެ ބޮޑު ސަބަބަކީ ވެސް އެއީ ކަމަށް ޒުވާން ކުޅުންތެރިޔާ ފާހަގަކުރިއެވެ.

ތާރީޚީ ގޮތުން ޔުނައިޓެޑަކީ ކާމިޔާބު ޓީމެއް ނަމަވެސް، ފަހުގެ ތާރީޚުގައި ސިޓީން ވަނީ އެ ސަރަޙައްދުގެ "ރަސްކަން"ހޯދާފައި ކަމަށް އޭނާ ގަބޫލުކުރެއެވެ. ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 13ވަނަ ދުވަހު މި ދެ ކުލަބު ބައްދަލުކުރާ މެޗަށް އިޝާރާތްކޮށް އެންޑަސަން ބުނީ، އެއީ ދުނިޔޭގައި ކުޅެވޭ އެންމެ ފޯރިގަދަ އެއް ޑާބީ މެޗު ކަމަށާއި، އެ މެޗުގައި ކުޅުމަށް އޭނާ ހުރީ ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެވެ.

މެދުތެރެއިން މޮޅު ކުޅުމެއް ދައްކަމުން އަންނަ އެންޑަސަން އަކީ ނިއުކާސަލް ޔުނައިޓެޑްގެ އެކަޑަމީން އުފެދުނު ހުނަރުވެރިއެކެވެ. ނިއުކާސަލްގެ ސީނިއާ ޓީމަށް 55މެޗު ކުޅެދިނުމަށް ފަހު މީގެ ދެ އަހަރު ކުރިން ނޮޓިންގހަމް ފޮރެސްޓާ ގުޅުނު މި ކުޅުންތެރިޔާ ވަނީ ނިމިދިޔަ ވޯލްޑް ކަޕުގައި އިނގިރޭސި ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. ގައުމީ ޓީމުން މިދިޔަ ސީޒަނުގައި އޭނާއަށް ޖާގަ ލިބުނުތާ ކުރު މުއްދަތެއްގެ ތެރޭގައި ވަނީ ގައުމީ ޓީމުގެ އިތުބާރު ހޯދާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު