ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިންޑިއާގެ މަހުޖަނަކު ލިވަޕޫލްގެ ހިއްސާ ގަންނަނީ

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސި ފުޓްބޯޅައިގެ ގަދަބާރު ލިވަޕޫލްގެ ހިއްސާތަކެއް ގަތުމަށް ޓަކައި، އިންޑިއާގެ މަޝްހޫރު ބިލިއަނަރު ލަކްޝްމީ މިޓާލްގެ ދަރިފުޅު އަމިތު ބާޓިއާ އެ ކްލަބުގެ މިލްކުވެރިންނާ އެކު ރަސްމީކޮށް މަޝްވަރާތައް ފަށައިފިއެވެ.

ފައިނޭންޝަލް ޓައިމްސް އިން ހާމަކޮށްފައިވާ ގޮތުގައި، ހަ ބިލިއަން ޑޮލަރުގެ އަގަކަށް ލިވަޕޫލްގެ ބައެއް ގަތުމަށް ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ކުރުމަށް އަމިތު ވަނީ ލޯ ފާމެއް ވެސް އައްޔަންކޮށްފައެވެ. ލިވަޕޫލްގެ ބެލެނިވެރި ކުންފުނި ކަމަށްވާ އެމެރިކާގެ ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ)އިން ނެރުނު ބަޔާނެއްގައި ވަނީ، އަމިތުގެ ވިޔަފާރި ކުންފުނިތަކުން އެ ކްލަބަށް އިންވެސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ޔަގީންކޮށްދީފައެވެ. ނަމަވެސް އަމިތަށް ވިއްކުމަށް ހަމަޖެހިފައި ވަނީ ކިހާ މިންވަރެއްގެ މައިނޯރިޓީ ހިއްސާއެއްކަން އެފްއެސްޖީން އަދި ކަނޑައަޅާފައެއް ނުވެއެވެ.

ލިވަޕޫލްގެ ހިއްސާ ގަތުމަށް އަމިތު މިސްރާބު ޖަހާފައިވާއިރު، އޭނާ ވަނީ އިނގިރޭސި ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ ކުއީންސް ޕާކް ރޭންޖާސް (ކިއުޕީއާރު)ގައި އަދާކުރަމުން އައި ކޯ-އޯނަރުކަމުގެ މަގާމު ވެސް ދާދި ފަހުން ދޫކޮށްލާފައެވެ. އޭނާ އެ ކްލަބުގެ ހިއްސާ ދޫކޮށްލާފައި ވަނީ 18ސީޒަން ވަންދެން އެ ކްލަބުގައި ހޭދަކުރުމަށް ފަހުގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު