ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޑިޔޯން ދިގު މުއްދަތަކަށް ކުޅުމާ ދުރަށް!

ޝެއާ ކުރޭ Facebook Telegram Viber X

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ކުޅުންތެރިޔާ ފްރެންކީ ޑި ޔޯންގެ ކަކުލުގެ ލިގަމެންޓަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ހަފުތާތަކުގައި އޭނާއަށް ކުޅުމާ ދުރުގައި ހުންނަން މަޖުބޫރުވެއްޖެ ކަމަށް އެ ކުލަބުން މިއަދު ހާމަކޮށްފިއެވެ.

2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ޤައުމީ ޓީމު ތަމްސީލުކުރުމަށްފަހު އުމުރުން 29އަހަރުގެ މި ކުޅުންތެރިޔާ އެނބުރި ކުލަބަށް އައިއިރު، އޭނާގެ ކަކުލުގެ ލިގަމެންޓް ވަނީ އިރައިގެން ގޮސްފައެވެ. މުބާރާތުގެ ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން މޮރޮކޯ އަތުން ނެދަލެންޑްސް ކަޓައިގެން ދިޔައިރު ވެސް، ޑި ޔޯން މެޗުތައް ކުޅުނީ ކަކުލުގައި ބޯ ބެންޑޭޖެއް އަޅައިގެންނެވެ.

އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ޑި ޔޯން ބުނީ، މި އަނިޔާއަކީ އޭނާ ކުރިން ލަފާކުރި ވަރަށް ވުރެ މާ ނުރައްކާތެރި އަނިޔާއެއް ކަމަށާއި، އެހެން ނަމަވެސް މިވަގުތު އޮޕަރޭޝަނެއް ކުރަން ނުޖެހުމަކީ ލިބުނު ބޮޑު ތަސައްލީއެއް ކަމަށެވެ. އަދި އޭނާގެ އެންމެ ބޮޑު އަމާޒަކީ ފަރުވާ ހޯދައިގެން ވީހައި ވެސް އަވަހަކަށް އަލުން ކުޅުމުގެ ތެރެއަށް އައުންކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

ވިދިވިދިގެން ތިންވަނަ ފަހަރަށް ސްޕެނިޝް ލީގުގެ ތަށި އުފުލާލުމުގެ އަމާޒުގައި ބާސެލޯނާއިން ނުކުންނަ ފުރަތަމަ މެޗުގައި އަންނަ އޮގަސްޓް މަހުގެ 23ވަނަ ދުވަހު ބައްދަލުކުރާނީ އެލްޗޭއާއެވެ. ލީގު ހުޅުވާ މެޗުގައި ޑި ޔޯންއަށް ނުކުޅެވޭނެކަން މިހާރު ވަނީ ޔަގީންވެފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު