ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެއްވެސް ކުޅުންތެރިޔަކަށް ފުރަތަމަ 11 ކަށަވަރެއް ނުވާނެ: މުބީން

ޝެއާ ކުރޭ Facebook Telegram Viber X

އަންނަ ފުޓުބޯޅަ ސީޒަނާ ކުރިމަތިލާއިރު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ސްކޮޑު ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވީ ނަމަވެސް، މެޗުތަކުގައި ކުޅޭ ފުރަތަމަ އެގާރައިން އެއްވެސް ކުޅުންތެރިޔަކަށް އޮޓަމެޓިކުން ޖާގަ ކަށަވަރުނުވާނެކަމަށާއި އެކަމަށް ޓަކައި ހުރިހާ ކުޅުންތެރިން ވެސް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭނެކަމަށް އެ ކުލަބުގެ ޗެއާމަން އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މުބީން ފާހަގަކުރެއްވި ގޮތުގައި، ކުރިއަށް އޮތް ސީޒަނަށް ޓީމު އެކުލަވާލާފައި ވަނީ ވަރަށް ވާދަވެރި މާހައުލެއް އޮންނާނެ ފަދަ ގޮތަކަށެވެ. އެގޮތުން ގޯލްކީޕަރުން ފެށިގެން އެންމެ ކުރިއަށް ކުޅޭ ކުޅުންތެރިންނާ ހަމައަށް ވެސް، ފަރިތަކުރުންތަކުގައި ތަފާތު ދައްކައިގެން ނޫނީ ޓީމުން ފުރުސަތު ނުލިބޭނެކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ. މުބީން ވިދާޅުވީ ޓީމުގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ފެންވަރުގެ އެއް ކުޅުންތެރިޔަކަށް ވުރެ ގިނަ ކުޅުންތެރިން ތިބުމުން، މެޗުތަކަށް އެރޭނީ އެހެން ކުޅުންތެރިންނާ ވާދަކޮށް ކުރިހޯދައިގެން ކަމަށެވެ.

ސްޕެއިނުގެ ތަޖުރިބާކާރު ކޯޗު އަންދްރޭ ފްރެންސެސްކޯ މެނުއެލްގެ އިރުޝާދުގެ ދަށުން ނިއު ނުކުންނައިރު، މޮޅު ސްކޮޑެއް އޮތުމަކީ ފުރަތަމަ އެގާރަ ނެގުމަށް ކޯޗަށް ކުރިމަތިވާނެ އެންމެ ބޮޑު އިމްތިޙާނެވެ. ޤައުމީ ޓީމުގެ ތަރިން ކަމަށްވާ އަލީ އަޝްފާޤް (ދަގަނޑޭ)، އަލީ ފާސިރު (ސެންޓޭ)، މުޙައްމަދު ފައިސަލް، މުޙައްމަދު އިރުފާން އަދި މުޙައްމަދު ނިޒާމް ފަދަ ކުޅުންތެރިން މިފަހަރު ވެސް އެ ޓީމުގައި މަޑުކުރާނެއެވެ. މީގެ އިތުރުން ތަޖުރިބާކާރު ޑިފެންޑަރު އަމްދާން އަލީ (އޭންޑީ)، އަޙްމަދު އަބްދު ﷲ (ލިލީ)އަދި ޒުވާން ކުޅުންތެރިޔާ އީތަން އިބްރާޙީމް ޒަކީ ވަނީ އަލަށް ޓީމާ ގުޅިފައެވެ.

ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު، މިދިޔަ އަހަރު ކުޅުނު ދެ ކުޅުންތެރިންގެ އިތުރުން އައު ދެ ކުޅުންތެރިންނާ އެކު ޖުމްލަ ހަތަރު ބިދޭސީން ޓީމުގައި ތިބޭނެއެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ބަންގްލަދޭޝް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯއެވެ. ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުން ފެށިގެން އިންޑިއާ އަދި ބަންގްލަދޭޝްގައި ކުޅެފައިވާ ޑޮރިއެލްޓަން ވެގެންދާނީ އައު ސީޒަނުގައި ނިއުގެ އެންމެ ނުރައްކާތެރި ހަތިޔާރަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު