ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލަށް އާރްއާރްސީ ދަތުރުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ ސެމީ ފައިނަލް މެޗުގައި ކްލަބް އެމްޓީސީސީގެ މައްޗަށް 4-3ގެ ނަތީޖާއަކުން ކުރިހޯދައި، ކްލަބް މޯލްޑިވްސް ކަޕް 2026ގެ ފައިނަލުގެ ފަހު ޖާގަ، އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)އިން ކަށަވަރުކޮށްފިއެވެ.

މި ކާމިޔާބީއާ އެކު އަންނަ ހޮނިހިރު ދުވަހުގެ ރޭ 21:00ގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި އާރްއާރްސީން ނުކުންނަން ޖެހޭނީ، ސެމީގެ ފުރަތަމަ މެޗުގައި ކްލަބް އެޗްޑީސީ ބަލިކުރި އެސްޓީއޯ ރެކްރިއޭޝަން ކްލަބާ ދެކޮޅަށެވެ. މިއީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވެސް ވާދަކުރި ދެ ޓީމު ކަމަށްވާއިރު، އެ ފަހަރު ފޯރިގަދަ ކުޅުމަކަށްފަހު 7-5ގެ ނަތީޖާއަކުން މޮޅުވެ ތަށި އުފުލާލީ އާރްއާރްސީންނެވެ.

ރޭގެ ސެމީ ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި އަދި މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އާރްއާރްސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަޙްމަދު އަފްލާޒް، ޝަނާން ރަޝާދު، އާދަމް ނާސިހުގެ އިތުރުން މޮހްސެން މޮންތަޒޭމީއެވެ. އަނެއްކޮޅުން އެމްޓީސީސީއަށް ގޯލުތައް ޖަހައިދިނީ އެ ޓީމުގައި ހިމެނޭ ބްރެޒިލްގެ ކުޅުންތެރިޔާ ނަތަން ސޯރެސްގެ ދެ ލަނޑާއި މުޙައްމަދު އިސާމް ކާމިޔާބުކުރި އެއް ލަނޑުންނެވެ.

އެފްއޭއެމްގެ އެންޑޯސްމަންޓާ އެކު ކުރިއަށްދާ ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތުގެ ފައިނަލަށް އާރްއާރްސީން މި ދަތުރުކުރީ ވިދިވިދިގެން ހަތަރުވަނަ ފަހަރަށެވެ. މީގެ ކުރިން 2021ވަނަ އަހަރުގެ ޗެމްޕިއަންކަން އެ ޓީމުން ހޯދިއިރު، 2023އަދި 2024ގެ ފައިނަލުގައި ކްލަބް ވެމްކޯ އަތުން ވަނީ ބަލިވެފައެވެ. ނަމަވެސް މިދިޔަ އަހަރު އެ ޓީމުން ވަނީ އަލުން މުބާރާތުގެ ތަށި މިލްކުކޮށްފައެވެ. ފައިނަލުގައި އެ ޓީމާ ވާދަކުރާ އެސްޓީއޯއަކީ މި މުބާރާތް ހަތަރު ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވާ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު