ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިޓަލީ ކޯޗަކަށް ގާޑިއޯލާ ގެންދަނީ

ޝެއާ ކުރޭ Facebook Telegram Viber X

އިޓަލީވިލާތުގެ ގައުމީ ފުޓުބޯޅަ ޓީމަށް އާ ކޯޗެއް އައްޔަންކުރުމުގެ މަގުސަދުގައި، އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން މެންޗެސްޓަރ ސިޓީއަށް ކުރިން އިރުޝާދުދިން މަޝްހޫރު ކޯޗު ޕެޕް ގާޑިއޯލާއާ އެކު ބާސެލޯނާގައި ހާއްސަ މަޝްވަރާތަކެއް ފަށައިފިއެވެ. 

އިޓަލީގެ ސްކައި ސްޕޯޓްސްއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރި ވަނީ އިޓަލީގެ ފެޑެރޭޝަންގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ދާދިފަހުން ހަވާލުވި އެ ގައުމުގެ ލެޖެންޑް ޕައޮލޯ މަލްޑީނީ އަދި އޭނާގެ އެޑްވައިޒަރު ލިއޮނާޑޯއެވެ. އެގޮތުން މި ދެބޭފުޅުން ސްޕެއިންގެ ބާސެލޯނާއަށް ވަޑައިގެން، ވިދިވިދިގެން ތިން ދުވަސް ވަންދެން ގާޑިއޯލާއާ އެކު ވަނީ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައެވެ.

މި ހުށަހެޅުން ގާޑިއޯލާ ގަބޫލުކޮށްފި ނަމަ، އޭނާ ވެގެންދާނީ އިޓަލީގެ ތާރީހުގައި ވެސް އެ ގައުމުގެ ގައުމީ ޓީމާ ހަވާލުވާ ބިދޭސީ ދެވަނަ ކޯޗަށެވެ. އުމުރުން 55އަހަރުގެ ގާޑިއޯލާއަކީ ކުރިން އިޓަލީގެ އޭއެސް ރޯމާ އަދި ބްރެޝިއާއަށް ކުޅެފައިވާ، އިޓަލީ ބަހަށް ފަރިތަ އަދި އެ ގައުމުގެ ފުޓުބޯޅައިގެ ވައްޓަފާޅި ރަނގަޅަށް ދަންނަ ފަރާތެކެވެ. ގާޑިއޯލާގެ އިތުރުން މި މަގާމަށް ދެން އެންމެ ބޮޑަށް ވާހަކަދެކެވެނީ، 2021ވަނަ އަހަރުގެ ޔޫރޯ މުބާރާތް އިޓަލީއަށް ކާމިޔާބުކޮށްދިން ރޮބާޓޯ މަންޗީނީ އަދި ގައުމީ ޓީމުގެ ކުރީގެ ތަރި އަންދްރެއާ ޕިރްލޯގެ ނަމެވެ.

އިންގްލެންޑް ބަލިކުރުމަށް ފަހު އެންމެ ފަހުގެ ޔޫރޯ ތަށި އިޓަލީން އުފުލާލި ނަމަވެސް، ޖެހިޖެހިގެން ފަހު ތިން ވޯލްޑް ކަޕުން ވެސް އެ ޓީމަށް ވަނީ ޖާގަ ގެއްލިފައެވެ. އެންމެ ފަހުގެ ވޯލްޑް ކަޕްގައި ވާދަކުރުމުގެ ފުރުސަތު އިޓަލީއަށް ގެއްލުނީ ޔޫރަޕިއަން ޕްލޭއޮފް މެޗުގައި ބޮސްނިއާ އެންޑް ހާޒެގޮވީނާ އަތުން ބަލިވުމާ ގުޅިގެންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު