ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސްޓޭޑިއަމްތައް ކައިރިން ހާހަކަށް ވުރެ ގިނަ ޑްރޯން ފެނިފައިވޭ

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕްގެ ދެބައިކުޅަ އެއްބައި ނިމިފައިވާއިރު، ސްޓޭޑިއަމްތަކާ ކައިރިން 1،000އަށް ވުރެ ގިނަ ޑްރޯން ފެނިފައިވާ ކަމަށާއި އޭގެ ތެރެއިން 300އަށް ވުރެ ގިނަ ޑްރޯން ކަމާބެހޭ ފަރާތްތަކުން ނިއުޓްރަލައިޒް ކޮށްފައިވާ ކަމަށް ވައިޓް ހައުސްގެ ޓޯނަމަންޓް އިސްވެރިޔާ ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.

ވޮޝިންގޓަން ކައިރީގައި އެފްބީއައިއިން އިންތިޒާމުކުރި އިންޓަނޭޝަނަލް ޕޮލިސް ކޯޕަރޭޝަން ސެންޓަރު (އައިޕީސީސީ) ގައި އެންޑްރޫ ޖޫލިއާނީ ވިދާޅުވީ އާދީއްތަ ދުވަހުގެ ރެއާ ހަމައަށް ވޯލްޑް ކަޕާއި ވޯލްޑް ކަޕާ ގުޅުން ހުރި ސަރަހައްދުތަކުން މިހާތަނަށް 1،139 ޑްރޯން ފެނިފައިވާ ކަމަށާއި، މިހާތަނަށް 300އަށް ވުރެ ގިނަ ޑްރޯންގެ ނުރައްކާ ކުޑަކުރެވިފައިވާ ކަމަށެވެ.

ޑްރޯންތައް ނިއުޓްރަލައިޒް ކުރީ އެއްވެސް ބާރެއް ބޭނުން ނުކޮށް ކަމަށް ޖޫލިއާނީ ވިދާޅުވި ނަމަވެސް، އެކަން ކުރި ގޮތުގެ ތަފްސީލެއް ނުދެއްވައެވެ.

ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އިން "އޭގެ ތެރެއިން 500 އަށް ވުރެ ގިނަ ޑްރޯން ހިފަހައްޓާފައިވަނީ އެފްބީއައިގެ ތަހުގީގުތަކުގައި ހެކީގެ ގޮތުގައި ބޭނުންކުރުމަށް،" ކަމަށް 2026ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކޯޑިނޭޝަންގެ ކަންކަމާ ހަވާލުވެ ހުންނެވި އެފްބީއައިގެ ސްޕެޝަލް އެޖެންޓް ޑަގް އޮލްސަން ވިދާޅުވިއެވެ.

އަވަށްޓެރި މެކްސިކޯއާއި ކެނެޑާއާ ގުޅިގެން އެމެރިކާ އިން ބާއްވާ 48 ޓީމުގެ މި މުބާރާތުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ކުރާ މަސައްކަތުގެ މައިގަނޑު އެއް އަސާސަކަށް އެމެރިކާ އިން ހަދާފައި ވަނީ ޑްރޯންތަކާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކެވެ. އަދި މި މަސައްކަތަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ވަނީ ކަނޑައަޅާފައެވެ.

މި ތަކެތި ޖޭމްކޮށް ހުއްޓުވުމަށްޓަކައި ލޯކަލް އިދާރާތަކުގެ ގާބިލުކަން އިތުރުކޮށްފައިވާއިރު، އެމެރިކާގައި މެޗުތައް ބާއްވާ 11 ސިޓީއެއްގައި މަސައްކަތްކުރާ އެތައް ބައިވަރު ލޯކަލް ފުލުހުންނަށް ވަނީ އެފްބީއައިގެ ޓްރޭނިން ސެންޓަރެއްގައި ހާއްސަ ތަމްރީނުތަކެއް ދީފައެވެ.

ޖޫން މަހުގެ މެދުތެރޭގައި އެފްބީއައި އިން ބުނެފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 80ވަނަ އުފަންދުވަހާ ދިމާކޮށް ވައިޓް ހައުސްގައި ބޭއްވި މިކްސްޑް މާޝަލް އާޓްސް (އެމްއެމްއޭ) ފައިޓް ނައިޓަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު