ވޯލްޑް ކަޕް ގްރޫޕް ސީގެ ފަހު މެޗުގައި ހެއިޓީއާ ވާދަކޮށް 4-2 އިން މޮޅުވެ، މޮރޮކޯއިން މޮޅެއް ހޯދައިފިއެވެ.
މި މޮޅާއެކު މޮރޮކޯއިން ގްރޫޕްގެ މެޗުތައް ވަރުގަދަކޮށް ނިންމާލައި ނޮކްއައުޓް ބުރުން ޖާގަ ކަށަވަރުކުރިއިރު، ހެއިޓީ ވަނީ އެޓޭކިންގް ކުޅުމެއް ދެއްކުމަށް ފަހު މުބާރާތުން ވަކިވެފައެވެ.
މޮރޮކޯއިން މެޗުގެ ކުރީކޮޅު ކޮންޓްރޯލް ހޯދައި، ނުރައްކާތެރި އެޓޭކްތަކެއްގެ އެހީގައި ދެ ލަނޑު ޖަހައި ލީޑު ފުޅާކުރިއެވެ.
މޮރޮކޯގެ އެޓޭކިންގް ކޮލިޓީއާއި ފުރުސަތުތަކުގެ ބޭނުން ހިފުމުގެ ހުޝިޔާރުކަން މެޗުގެ ނަތީޖާ ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކޮށް، ތިން ޕޮއިންޓް ކަށަވަރުކުރުމަށް މަގުފަހިވިއެވެ.
ބްރެޒިލްއާ އެއްވަރުވެ، ސްކޮޓްލޭންޑް ބަލިކުރުމަށް ފަހު، މޮރޮކޯއިން ގްރޫޕް ސްޓޭޖް ނިންމާލީ ބަލިނުވެއެވެ.
މުބާރާތް ކުރިއަށްދިޔަ ވަރަކަށް މޮރޮކޯގެ އެޓޭކްތައް އިތުރަށް ނުރައްކާތެރިވަމުން ދިޔުމަކީ، ނޮކްއައުޓް ބުރުގެ ކުރިން އެޓީމުގެ އިތުބާރު ބޮޑުވެގެންދިޔަ ކަމެކެވެ.
ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅުނު ނަމަވެސް، ހެއިޓީން ދެއްކި ހިތްވަރަށާއި އެޓޭކް ކުރުމުގެ ރޫހަށް ތައުރީފް ލިބުނު ނަމަވެސް، ގްރޫޕް ސްޓޭޖުގައި އެޓީމުގެ ޑިފެންސްގެ ބަލިކަށިކަން ވަނީ ހާމަވެފައެވެ.
މި ނަތީޖާއަށް ބަލާއިރު މޮރޮކޯ ގްރޫޕް ސީއިން ކުރިއަށް ގޮސް، ގްރޫޕް އެފްގެ އެއްވަނަ ހޯދާ ޓީމާ ދެކޮޅަށް ގަދަ 32 ގެ މެޗެއް ކުޅުމަށް ވަނީ ތައްޔާރުވެފައެވެ.
މި ގްރޫޕުން ބްރެޒިލްއާއި މޮރޮކޯއަކީ ދެވަނަ ބުރަށް ދަތުރުކުރިެިރު ސްކޮޓްލޭންޑް އަދި ހެއިޓީ ވަނީ މުބާރާތުން ކަޓާފައެވެ.
ބްރެޒިލް އަތުން ޕޮއިންޓެއް ހޯދައި، ބޮޑު މޮޅަކާއެކު ގްރޫޕް ސްޓޭޖް ނިންމާލުމަށް ފަހު، މޮރޮކޯ މިހާރު ނޮކްއައުޓް ބުރަށް ދަނީ މުބާރާތުގައި ބޮޑު ސަޕްރައިޒެއް ދީފާނެ ޓީމެއްގެ ގޮތުގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.