ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މަންމަ މަރުވުމުގެ ހިތާމައިގައި، ޑެޝޯމްޕް އެނބުރި ގައުމަށް

ޝެއާ ކުރޭ Facebook Telegram Viber X

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ މަންމަ މަރުވުމާ ގުޅިގެން އޭނާ އެނބުރި ގައުމަށް ދިއުމަށް ނިންމާފައިވާތީ، ވޯލްޑް ކަޕް ގްރޫޕް އައިގައި ނޯވޭއާ ދެކޮޅަށް ފްރާންސް ކުޅޭ ފަހު މެޗުގައި އޭނާއަށް ބައިވެރިނުވެވޭނެ ކަމަށް ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންގާރަ ދުވަހު ހާމަކޮށްފިއެވެ.

"ހުކުރު ދުވަހު ކުޅޭ ގްރޫޕް އައި ގެ ފަހު މެޗުގައި ޑިޑިއޭ ޑެޝޯމްޕްސްއަށް ބެންޗުގައި ނުހުރެވޭނެ،" ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

"މިއަދު ހެނދުނު ކޯޗަށް ވަނީ އޭނާގެ މަންމަ މަރުވި ހިތާމަވެރި ޚަބަރު ލިބިފައެވެ. ޖަނާޒާގައި ބައިވެރިވުމަށް އޭނާ އެނބުރި ފްރާންސަށް ދާނެއެވެ."

ޑެޝޯމްޕްސް ނެތް ވަގުތު، އުމުރުން 57 އަހަރުގެ ކޯޗު އެނބުރި އަންނަންދެން ޓީމާ ހަވާލުވާނީ އޭނާގެ އެސިސްޓަންޓް ގާއި ސްޓެފަންއެވެ.

ސެނެގާލް އަތުން 3-1އިން އަދި އިރާގު އަތުން 3-0 އިން މޮޅުވެ، މިހާރުވެސް ގަދަ 32 ގެ ބުރުން ޖާގަ ހޯދާފައިވާ ފްރާންސްގެ އަމާޒަކީ ހުކުރު ދުވަހު މެސެޗުސެޓްސްގެ ފޮކްސްބޮރޯގައި އާލިން ހާލަންޑްގެ ނޯވޭއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ގްރޫޕްގެ އެއްވަނަ ހޯދުމެވެ.

މިއީ ފްރާންސްގެ ކޯޗުކަމުގައި ޑެޝޯމްޕްސް ހުންނަ ފަހު މުބާރާތެވެ.

އޭނާގެ 14 އަހަރުގެ ކޯޗިން ކެރިއަރުގައި ފްރާންސް ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. ނަމަވެސް 2022ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ އަތުން އަދި ޔޫރޯ 2016 ގެ ފައިނަލުގައި ޕޯޗުގަލް އަތުން ވަނީ ބަލިވެފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު