މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި މޮރޮކޯގެ ޑިފެންސްގައި މުހިންމު ދައުރެއް އަދާކުރަމުންދާ މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ނުސައިރު މަޒްރަވީ، އޭނާގެ ކެރިއަރުގެ އެންމެ ކުރީގައި ހުރެ ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ކަމުގެ އިޝާރާތެއް ދީފިއެވެ.
އުމުރުން އެންމެ 28އަހަރުގެ މަޒްރަވީ މިގޮތަށް ނިންމަން ގަސްތުކުރަނީ ކީރިތި ގުރުއާން ހިތުދަސްކޮށް، ދީނީ ކަންކަމަށް ވަގުތު ހުސްކުރުމަށެވެ.
މޮރޮކޯގެ ފުޓްބޯޅައިގެ ރަން ޖީލަށް ނިސްބަތްވާ މަޒްރަވީއަށް ކުޅުން ހުއްޓާލަން ޖެހޭ ފަދަ ބޮޑު އަނިޔާއެއް ކުރިމަތިވެފައެއް ނުވެއެވެ. އަދި އޭނާއަކީ ކުޅުންތެރިއަކު އާންމުކޮށް ރިޓާޔާ ކުރާ އުމުރާ ގާތްވެސް ނުވާ ޒުވާން ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ ގަބޫލުކުރާ ގޮތުގައި ދިރިއުޅުމަކީ ވަރަށް ކުރު ހަޔާތެކެވެ. އެހެންކަމުން އޭނާ ބޭނުންވަނީ ގުރުއާން ހިތުދަސްކުރުމުގެ އިތުރުން، އިސްލާމީ އިލްމު އުނގެނުމަށް މުޅިން ވަގުތު ހުސްކުރާށެވެ.
އޭނާގެ ކުރިއަށް އޮތް ރޭވުންތަކާ ބެހޭގޮތުން ވާހަކަދައްކަމުން މަޒްރަވީ ބުނީ، އޭނާގެ އެންމެ ބޮޑު އަމާޒަކީ ގުރުއާން ހިފްޡު ކުރުމަށްފަހު ދީނީ އިލްމު އުނގެނި މިސްކިތެއްގެ އިމާމަކަށް ވުން ކަމަށެވެ. އަދި އޭނާ އުނގެނޭ ދީނީ އިލްމު އެހެން މީހުންނަށް ފޯރުކޮށްދިނުމަކީ ވެސް އޭނާގެ ބޮޑު އުންމީދެކެވެ.
"ވޯލްޑް ކަޕަށް ފަހު އަހަރެން ކުޅުން ހުއްޓާލަން ނިންމަފާނަން. ދިރިއުޅުމަކީ ކުރު އެއްޗެއް. އަހަރެން ބޭނުންވަނީ ކީރިތި ގުރުއާން ހިތުދަސްކޮށް، ކޮންމެވެސް ދުވަހަކުން މިސްކިތެއްގެ އިމާމަކަށް ވާން"
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.