ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިރާގަކީ ދަށް ޓީމެއް ކަމަށް ނުދެކޭނަން: ސަލީބާ

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑްކަޕްގައި އިރާގާ ދެކޮޅަށް ކުޅޭ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށާއި އެ ޓީމު ދަށްކޮށް ނުނަގާނެކަމަށް ފްރާންސްގެ ޑިފެންޑަރު ވިލިއަމް ސަލީބާ ބުނެފިއެވެ.

ސަލީބާ ބުނީ އިރާގަކީ މުބާރާތުގައި ދެމިއޮތުމަށް ހަނގުރާމަކުރާ ޓީމެއް ކަމަށާއި، އެކަމުގެ ސަބަބުން އެ ޓީމު ނުރައްކާތެރިވާނެ ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި އިރާގުން ކޮލިފައިވީ އުނދަގޫ ކެމްޕޭނަކަށް ފަހު ކަމަށާއި، ދާދި ފަހުން ސްޕެއިންއާ ދެކޮޅަށް ކުޅެ އެއްވަރުކޮށްފައިވާތީ އެ ޓީމުގެ ފެންވަރު ހުރިކަން ހާމަވާ ކަމަށެވެ. އަދި ފްރާންސުން ތައްޔާރުވަމުންދަނީ "ވަރުގަދަ ހަނގުރާމައަކަށް"ކަމަށާއި، ސަމާލުކަން ބަހައްޓަންޖެހޭނެ ކަމަށް އޭނާ އިތުރަށް ބުންޏެވެ.

މެޗުގެ ކުރިން އޭނާގެ އަމިއްލަ ހާލަތާ ބެހޭގޮތުން ވާހަކަދައްކަމުން ސަލީބާ ހާމަކުރި ގޮތުގައި، އޭނާ އަންނަނީ ފާއިތުވި މަސްތަކުގައި ބުރަކަށީގެ މައްސަލައަކާ ކުރިމަތިލަމުންނެވެ. އަދި އޭނާ ހުރީ "100އިންސައްތަ ފިޓްކޮށް ނޫން"ކަމަށް ބުނި ނަމަވެސް، ވޯލްޑް ކަޕަކީ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު އަންނަ މުބާރާތަކަށް ވާތީ، އޭނާ މަސައްކަތް ކުރަމުންދަނީ ކުޅެވޭތޯ ކަމަށް ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީބާ ވަނީ އޭނާގެ ޓީމުގެ ކުޅުންތެރިޔާ މައިކަލް އޮލީސޭއަށް ތައުރީފުކޮށްފައެވެ. އިރާގު މެޗުގެ ކުރިން އޭނާ ބުނީ އޮލީސޭގެ ފަންނީ ހުނަރާއި، ވިސްނުންތޫނުކަމާއި، އަދި ނިންމުންތައް ނިންމުމުގެ ގާބިލުކަމުގެ ސަބަބުން އޭނާއަކީ "ދުނިޔޭގެ ފެންވަރުގެ"ކުޅުންތެރިއެއް ކަމަށެވެ.

ސަލީބާ ބުނީ ފްރާންސުން އިރާގަށް އިހުތިރާމްކުރާ ކަމަށާއި އަދި ޖިސްމާނީ ގޮތުން ވަރުގަދަ މެޗަކަށް އެ މެޗް ވާނެ ކަމަށެވެ. އަދި އެ ޓީމު ފަސޭހަކޮށްނުލާނެ ކަމަށް އޭނާ ބުންޏެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު