ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވޯލްޑްކަޕްގެ 48 ޓީމަށް 871 މިލިއަން ޑޮލަރު ބަހާނެ

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ފުޓްބޯޅަ ޓީމުތައް އުތުރު އެމެރިކާގެ ހޫނު މޫސުމުގައި ވާދަކުރަމުންދަނީ 2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށެވެ. އަދި މިއަހަރުގެ އިނާމު ފައިސާގެ ބޮޑު ބަޔަކީ މިހާތަނަށް ދެވޭ އެންމެ ބޮޑު އަދަދަށްވާއިރު، މުބާރާތް ކާމިޔާބުކުރާ ޓީމަށް ލިބޭނީ ހައިރާންވާ ފަދަ ބޮޑު ފައިސާގެ އިނާމެކެވެ.

2026ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ 48 ޓީމަށް ފީފާއިން 871 މިލިއަން ޑޮލަރު ބަހާނެއެވެ. މިއީ މުބާރާތުގެ ތާރީޚުގައި ވެސް ދެވޭ އެންމެ ބޮޑު އަދަދެވެ. މިއީ 2022ވަނަ އަހަރު ގަތަރުގައި ބޭއްވި މުބާރާތަށްފަހު ދިން 727 މިލިއަން ޑޮލަރަށް ވުރެ 15 އިންސައްތަ އިތުރު އަދަދެކެވެ. ސަބަބަކީ މިއަހަރުގެ މުބާރާތުގައި ކުރީގެ 32 ޓީމުގެ ބަދަލުގައި ގިނަ އަދަދެއްގެ ޓީމުތައް ބައިވެރިވާތީއެވެ. މި ބޮޑު އިނާމަކީ މުބާރާތް ބާއްވާ ތިން ގައުމު ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯއާ ދެމެދު ދަތުރުފަތުރު ކުރުމަށް ހިނގާ ޚަރަދުތައް ބޮޑުވުމާ ގުޅިގެން ދެވޭ އިނާމެއް ކަމަށް ވެސް ވެދާނެއެވެ.

އެންމެ މަދުވެގެން ވެސް، މުބާރާތުގައި ކުޅޭ ކޮންމެ ޓީމަކަށް 12.5 މިލިއަން ޑޮލަރު ލިބޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ ޓްރެއިނިންގ ކޭމްޕްތަކާއި، ދަތުރުފަތުރާއި ލޮޖިސްޓިކްސްއަށް "ތައްޔާރުވުމުގެ ފައިސާ"ގެ ގޮތުގައި ލިބޭ 2.5 މިލިއަން ޑޮލަރާއި، ކޮލިފައިވުމުން ލިބޭ 10 މިލިއަން ޑޮލަރެވެ. މިއީ ފެޑެރޭޝަނުން އެންމެ ފަހުން ބޭއްވި މުބާރާތާ އަޅާބަލާއިރު 1 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. މީގެ އިތުރުން، ފީފާއިން ދަނީ މާލީ ގޮތުން ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކުދި ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ އިދާރާއިން އިއުލާންކޮށްފައިވާ ގޮތުގައި ޓީމުތަކުގެ ވަފުދުތަކުގެ ޚަރަދުތަކަށް ސަބްސިޑީ ދިނުމަށާއި ޓީމުތަކަށް ޓިކެޓް ދޫކުރުން އިތުރުކުރުމަށް ޖުމްލަ 16 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދޫކުރާނެއެވެ.

އަދިވެސް އިތުރު ފައިސާއާއި އިނާޔަތްތައް ލިބެން އެބަހުއްޓެވެ. ވޯލްޑް ކަޕް ނިމޭއިރު ޓީމުތައް ރޭންކް ކުރެވޭ ގޮތަށް ބަލައި، އިތުރު 9 މިލިއަން ޑޮލަރާއި 50 މިލިއަން ޑޮލަރާ ދެމެދުގެ ފައިސާގެ އިނާމެއް ލިބިދާނެއެވެ. މީގެ އިތުރުން، ވޯލްޑް ކަޕުން ކުޅުންތެރިންނަށް ލިބޭ މަގުބޫލުކަން ބޭނުންކޮށްގެން، ފައިސާގެ އިނާމަށް ވުރެ މާ ބޮޑު އާމްދަނީއެއް ހޯދުމުގެ ފުރުސަތުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ބޮޑެތި ސްޕޮންސަރޝިޕްތަކާއި ކޮންޓްރެކްޓްތައް އާކުރުން ހިމެނެއެވެ.

ކޮންމެ ޓީމަކަށް ލިބޭނެ ފައިސާގެ އިނާމުގެ އަދަދު 

މި އަހަރުގެ ވޯލްޑް ކަޕްގައި ހޯދާ މަގާމަށް ބަލައި، ކޮންމެ ޓީމަކަށް ފީފާއިން ދޭނެ ކަމަށް ލަފާކުރާ އިނާމު ފައިސާގެ އަދަދުތައް ތިރީގައި މިވަނީއެވެ.

  • 1 ވަނަ: 50 މިލިއަން ޑޮލަރު
  • 2 ވަނަ: 33 މިލިއަން ޑޮލަރު
  • 3 ވަނަ: 29 މިލިއަން ޑޮލަރު
  • 4 ވަނަ: 27 މިލިއަން ޑޮލަރު
  • 5 ވަނައިން 8 ވަނައަށް: 19 މިލިއަން ޑޮލަރު
  • 9 ވަނައިން 16 ވަނައަށް: 15 މިލިއަން ޑޮލަރު
  • 17 ވަނައިން 32 ވަނައަށް: 11 މިލިއަން ޑޮލަރު
  • 33 ވަނައިން 48 ވަނައަށް: 9 މިލިއަން ޑޮލަރު
ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު