ވީޑިއޯ އެސިސްޓަންޓް ރެފްރީ ޝޯން އިވެންސާ ގުޅޭ ގޮތުން ބެލި އަޚްލާޤީ މައްސަލައިގައި އޭނާ ކުށްވެރިނުވާ ކަމަށް ފީފާއިން ނިންމައިފިއެވެ.
ފީފާގެ ތަހުގީގުން ޝޯން ކުށްވެރިނުވާ ކަމަށް ނިންމުމާ ގުޅިގެން އޭނާ ބުނީ "އޯކޭ" ނިޝާން ދައްކުވައިދޭ އަތުގެ އިޝާރާތަކީ "އިޚްތިޔާރަކާ ނުލައި، ނޭނގި ހުރެ ކުރެވުނު ހަރަކާތެއް" ކަމަށެވެ.
އޭނާ ބުނީ އޭނާއަށް އެ އަތުގެ ހަރަކާތް ކުރެވުނުކަން "ނޭނގޭ" ކަމަށާއި، އެއްވެސް ކަހަލަ "މެސެޖެއް، ގުޅުމެއް، ކުޅިވަރެއް ނުވަތަ ގަބޫލުކުރުމެއް ގަސްތުގައި ހާމަކުރަން" އުޅުނު ކަމަށް އިންކާރު ކުރާ ކަމަށެވެ.
އާދީއްތަ ދުވަހު ޖަރުމަނުން 7-1 އިން ކުރަސާއޯ ބަލިކުރި މެޗުގެ ކުރިން، ޑެލަސްގައި ހުންނަ ރެފްރީ ހަބްގައި ތިބި ވީއޭއާރް ޓީމުގެ މަންޒަރު ފީފާއިން ދެއްކި ވަގުތު، އޮސްޓްރޭލިއާގެ ރެފްރީ އޭނާގެ ކަނާތުގެ އިނގިލިތަކުން ބޯކޮޅަށް ޖަހާފައިވާ "އޯކޭ" ނިޝާނެއް ހަދާތަން ފެނިފައިވެއެވެ.
މިފަދަ އިޝާރާތަކަށް ދެ މާނައެއް ދެއެވެ. އެއީ ގެއްލުމެއް ނެތް އާދައިގެ މާނައަކާއި، އަދި ދޮން މީހުންގެ މަތިވެރިކަން (ވައިޓް ސުޕްރެމަސީ) ރަމްޒުކޮށްދޭ މާނައެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.