ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޖަލަށްލާފައިވާ ކުޅިވަރުގެ ނޫސްވެރިޔާއަށް ވޯލްޑްކަޕްގައި ހުސް ގޮނޑިއެއް

ޝެއާ ކުރޭ Facebook Telegram Viber X

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ ނޫސްވެރިންގެ ބައްދަލުވުން ހޯމަ ދުވަހު ފެށުމުގެ ކުރިން، ފްރާންސްގެ ކުޅިވަރު ނޫސްވެރިން ވަނީ ކްރިސްޓޮފް ގްލެއިޒްއަށް ތާއީދުކޮށް ސްކާފްތަކެއް ދައްކާލާފައެވެ.

އަލްޖީރިއާގެ ޖަލެއްގައި ބަންދުކޮށްފައިވާ ފްރާންސްގެ ކުޅިވަރު ނޫސްވެރިޔާ ކްރިސްޓޮފް ގްލެއިޒްގެ މައްސަލައަށް ސަމާލުކަން ހޯދުމުގެ ގޮތުން، ވޯލްޑް ކަޕްގައި ފްރާންސް ކުޅޭ ކޮންމެ މެޗެއްގެ މީޑިއާ ބޮކްސްގައި ގޮނޑިއެއް ހުސްކޮށް ބެހެއްޓުމަށް ނިންމައިފިއެވެ.

ޓެރަރިޒަމަށް ތާއީދުކުރި ކަމުގެ ކުށުގައި ކްރިސްޓޮފް ގްލެއިޒް މިދިޔަ އަހަރު ޖަލަށްލީ 2025 ވަނަ އަހަރުއެވެ.

ޕެރިހަށް ނިސްބަތްވާ 'ސޯ ފުޓް' މެގަޒިންއަށް އެފްރިކާގެ ފުޓްބޯޅައާ ބެހޭގޮތުން ލިޔާ ގްލެއިޒް މިނިވަންކުރުމަށް ފްރާންސްގެ ނޫސްވެރިންގެ ޔޫނިއަންތަކުން ވަނީ އަލްޖީރިއާއަށް ގޮވާލާފައެވެ.

މިރޭ ސެނެގާލްއާ ދެކޮޅަށް ނިއު ޖާޒީ ނިއު ޔޯކް ސްޓޭޑިއަމްގައި ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން، ނޫސްވެރިން ވަނީ 'ފްރީ ގްލެއިޒް' ލިޔެފައިވާ ސްކާފްތަކެއް ދައްކާލާފައެވެ.

ގްލެއިޒްގެ މަންމަ ސިލްވީ ވަނީ އޭނާގެ ދަރިފުޅުގެ މައްސަލައަށް ސަމާލުކަން ހޯދުމަށް ވޯލްޑް ކަޕަށް ދަތުރުކޮށްފައެވެ.

އޭނާ ހޯމަ ދުވަހު ބީބީސީ ސްޕޯޓްސްއަށް ބުނި ގޮތުގައި، މި މުބާރާތަށް އޭނާގެ ދަރިފުޅަށް ފީފާއިންއެކްރެޑިޓޭޝަން ދީފައިވާ ކަމަށާއި އޭނާގެ ދަރިފުޅަށް ދުނިޔެއާ 'ވަކިވެފައިވާ' ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކްރިސްޓޮފް ގްލެއިޒްއަށް ދޫކޮށްފައިވާ އެކްރެޑިޓޭޝަން ފްރާންސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދައްކާލާފައިވެއެވެ.

ގްލެއިޒް ހައްޔަރުކުރީ ޓީޒީ އޫޒޫއަށް ނިސްބަތްވާ ޖޭއެސްކޭ ކްލަބާ ބެހޭގޮތުން މަޒުމޫނެއް ލިޔުމަށް ޓަކައި މޭ 2024 ގައި އަލްޖީރިއާއަށް ކުރި ދަތުރެއްގައެވެ.

އޭގެ ފަހުން އޭނާގެ މައްޗަށް ކުށް ސާބިތުވީ އަލްޖީރިއާގެ ކަބައިލް މައިނޯރިޓީގެ އަމިއްލަ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތަކާ ވާހަކަދެއްކި ކަމަށް ބުނެއެވެ.

މީޑިއާ ބޮކްސްގެ އިތުރުން، ފްރާންސްގެ ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް އޭނާގެ މައްސަލައަށް ސަމާލުކަން ދިނުމުގެ ގޮތުން ގޮނޑިއެއް ހުސްކޮށް ބެހެއްޓެއެވެ.

ފްރާންސްގެ ކުޅިވަރު ނޫސް 'ލެކީޕް' ގައި މަސައްކަތްކުރާ ނޫސްވެރިޔާ ވިންސެންޓް ޑުލޫކް ވަނީ  ގްލެއިޒްގެ ފަރާތުން ސުވާލުކޮށްފައެވެ. ކުޅުންތެރިން ފެންބޯންދޭ ވަގުތުތަކާ ބެހޭގޮތުން ކުރި ސުވާލުގެ ޖަވާބުގައި ޑެޝޯމްޕްސް ބުނީ 'އޭނާއާއި އޭނާގެ އާއިލާއަށް ޓަކައި، ވީހާވެސް އަވަހަކަށް އޭނާއަށް މިތަނަށް އާދެވި، އަމިއްލައަށް ސުވާލުތައް ކުރެވޭނެ ކަމަށް އުންމީދުކުރާ' ކަމަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު