ބަނގްލަދޭޝްގައި ކުރިއަށްދާ އިންޓަރނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) ޓްރޮފީގެ ސައުތު އޭޝިއާ ޒޯން 2 މުބާރާތުގައި، ރާއްޖޭގެ 18 އަހަރުން ދަށުގެ ފިރިހެން ހޭންޑްބޯޅަ ޓީމު މިއަދު ކުޅުނު ތިންވަނަ ހޮވާ މެޗުން ބަލިވެއްޖެއެވެ.
މި މުބާރާތުގެ ތިންވަނަ ހޮވުމަށް ކުޅުނު ފޯރިގަދަ މެޗުގައި ރާއްޖޭގެ ޒުވާން ޓީމު ޔަމަނާ ވާދަކޮށް ބަލިވީ 32-39ގެ ކުޑަ ތަފާތަކުންނެވެ.
މި މުބާރާތުގައި ރާއްޖޭގެ ޒުވާން ދެ ޓީމުން ވެސް ވަނީ އުންމީދީ އަދި ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމުގެ އިތުރުން 20 އަހަރުން ދަށުގެ ގައުމީ ޓީމުން ވެސް ވަނީ މި މުބާރާތުގައި އަފްޣާނިސްތާން ބަލިކޮށްފައެވެ.
މީގެ އިތުރުން، ނޭޕާލް ފަދަ ޓީމުތަކާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ވެސް ރާއްޖޭގެ ޒުވާން ކުޅުންތެރިން ވަނީ ހިތްވަރުގަދަ މޮޅު ކުޅުމެއް ދައްކައިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.