އިންޓަރނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް)ޓްރޮފީގެ ސައުތު އޭޝިއާ ޒޯން 2 މުބާރާތުގައި 18އަހަރުން ދަށުގެ ފިރިހެން ހޭންޑްބޯޅަ ޓީމުން ސެމީގައި ބަލިވެއްޖެއެވެ.
ބަނގްލަދޭޝްގައި ކުރިއަށްދާ މި މުބާރާތުގެ ސެމީގައި ރާއްޖެ ، ވަރުގަދަ އިންޑިއާ އަތުން ބަލިވީ 58-23ގެ ނަތީޖާއަކުންނެވެ.
ތިންވަނަ ހޮވާ މެޗްގައި ރާއްޖެ މިއަދު ނުކުންނާނީ ޔަމަންއާ ދެކޮޅަށެވެ.
މި މުބާރާތުގައި ރާއްޖޭގެ ޒުވާން ދެ ޓީމުން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އެ ގޮތުން 18 އަދި 20 އަހަރުން ދަށުގެ ޓީމުން ވެސް ވަނީ އަފްޣާނިސްތާން ބަލިކޮށްފައެވެ. އަދި ނޭޕާލް ފަދަ ޓީމުތަކާ ދެކޮޅަށް ރާއްޖެއިން ވަނީ ވަރުގަދަ ކުޅުމެއް ދައްކައިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.