މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަނުގައި ހިމެނޭ މުހިންމު ހަތަރު މުބާރާތެއްގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އެގްޒިބިޝަން ހޯލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ގުރު ނަގާފައި ވަނީ ކްލަބް މޯލްޑިވްސް ކަޕާއި، ކްލަބް މޯލްޑިވްސް ކަޕް ކްލެސިކްގެ އިތުރުން އެއިޓީން ތާޓީ ކްލެސިކް އަދި ސެކްޓަރ ލީގެވެ. މި ސީޒަނުގައި ޖުމްލަ ހަތް މުބާރާތެއް ހިމެނޭއިރު، މީގެ ކުރިން ކިންގްސް ކަޕާއި ކިޑްސަލް މުބާރާތް ވަނީ ފަށއިފައެވެ. ދެން ބާކީ އޮތީ އެއިޓީން ތާޓީ މުބާރާތުގެ ގުރުއަތުލުމެވެ.
މި ސީޒަނުގެ އެންމެ ފޯރިގަދަ މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް މި މަހުގެ 21ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މިފަހަރު 17ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލާފައެވެ. ގްރޫޕް އޭގައި ހިމެނެނީ އެމްޕީއެލް، ސްޓެލްކޯ ރެކްރިއޭޝަން ކުލަބު، ކުލަބު ޓީޓީއެސް އަދި ޕޮލިސް ކުލަބެވެ. ގްރޫޕް ބީގައި އެމްއޭއޭސީއެލް، ފެނަކަ ރެކްރިއޭޝަން ކުލަބު، ޔުނައިޓެޑް ބީއެމްއެލް އަދި ކަސްޓަމްސް ރެކްރިއޭޝަން ކުލަބު ހިމެނޭއިރު، ގްރޫޕް ސީގައި ހިމެނެނީ އެންމެ ކާމިޔާބު ޓީމު އެސްޓީއޯ ރެކްރިއޭޝަން ކުލަބު، ކުލަބު އެމްޓީސީސީ، ޓީމު އެފްއެސްއެމް އަދި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ)އެވެ. ފަސް ޓީމު ހިމެނޭ ގްރޫޕް ޑީގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ)، ކުލަބު ވެމްކޯ، ކުލަބު އެޗްޑީސީ، ކުލަބު އިމިގްރޭޝަން އަދި ފެން ކުލަބެވެ.
މި މަހުގެ 18ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާ ކްލަބް މޯލްޑިވްސް ކަޕް ކްލެސިކްގައި 19ޓީމެއް ވާދަކުރާއިރު، މި ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލާފައެވެ. ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އެޗްޕީއެސްއެން، ހުޅުމާލެ ހޮސްޕިޓަލް، ބަންޑާރަ ކުލަބު، ރައްޔިތުންގެ މަޖިލިސް (ޕެމާ)އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކް)އެވެ. ގްރޫޕް ބީގައި ކުލަބު ކްރިމިނަލް ކޯޓު (ސީއާރްސީ)، ކުލަބު ޑީޖޭއޭ، އިޤުތިޞާދީި ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ (އެމްއީޑީޓީޓީ)، ހެލްތު ރެކްރިއޭޝަން ކުލަބު އަދި ކުލަބު އެސްއެމްއީ ޑިޖިޓަލް ހިމެނޭއިރު، ގްރޫޕް ސީގައި ހިމެނެނީ މިދިޔަ އަހަރުގެ ރަނަރަޕް ކުލަބު ބިނާރާ، ކުލަބު އެމްއެމްއޭ، ވިޒިޓް މޯލްޑިވްސް ކުލަބު، ތަޢުލީމީ ގުޅުން އަދި ޕީއެސްއެމްއެވެ. ހަތަރު ޓީމު ހިމެނޭ ގްރޫޕް ޑީގައި އޮތީ ކުލަބު ބީސީސީ، ފައިނޭންސް ރެކްރިއޭޝަން ކުލަބު، ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އިތުރުން ދިވަރު ރެކްރިއޭޝަން ކުލަބެވެ.
އަންހެން ކުޅުންތެރިންނަށް ޚާއްޞަ އެއިޓީން ތާޓީ ކްލެސިކް މުބާރާތުގައި މިއަހަރު 9ޓީމެއް ވާދަކުރާއިރު، މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ހެލްތު ރެކްރިއޭޝަން ކުލަބު، ޕްރިޒަން ކުލަބު، އެސްޓީއޯ ރެކްރިއޭޝަން ކުލަބު، ހުޅުމާލެ ހޮސްޕިޓަލް އަދި ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއެވެ. ގްރޫޕް ބީގައި ހިމެނެނީ ސްޓެލްކޯ ރެކްރިއޭޝަން ކުލަބު، ޓީމު އެމްއޭސީއެލް، ޔުނައިޓެޑް ބީއެމްއެލް އަދި ކުލަބު އެޗްޑީސީއެވެ.
މީގެ އިތުރުން، އަންނަ ޖުލައި މަހުގެ 19ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސެކްޓަރ ލީގުގައި ޖުމްލަ 20ޓީމެއް ވާދަކުރެއެވެ. ކޮންމެ ގްރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ އެމްއައިބީ، ޓީމު އެމްއޭޑަބްލިއުސީ، ވެލިގާ ހާޑްވެއަރ އަދި ބިއޯންޑް ރެކްރިއޭޝަން ކުލަބެވެ. ގްރޫޕް ބީގައި މިދިޔަ އަހަރުގެ ރަނަރަޕް ކުލަބު ހޯކްސް، ކުލަބު ލޯކަލްޗަރ، ހެޕީ މާކެޓް އަދި މާކޯ ރެކްރިއޭޝަން ކުލަބު ހިމެނޭއިރު، ގްރޫޕް ސީގައި ހިމެނެނީ އެސްބީއައި، ލިއޯ ފުޓްބޯލް ކުލަބު، ބަރޮސް މޯލްޑިވްސް އަދި ކުލަބު އެޕޯލޯއެވެ. ގްރޫޕް ޑީގައި އެންމެ ފަހުގެ ޗެމްމްޕިއަން އެރީނާ ހޮޓެލްސް، ސިލްވަރ ސޭންޑްސް، ޔޫރޯ ރެކްރިއޭޝަން ކުލަބު އަދި އާރްއޯއެލް ހިމެނޭއިރު، ގްރޫޕް އީގައި ހިމެނެނީ ކުލަބު އާރްސީސީ، ޓީމު ވިލާ، މެޑްޓެކް އަދި މީޑިއާނެޓެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.