އިންޓަރނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް)ޓްރޮފީގެ ސައުތު އޭޝިއާ ޒޯން 2 މުބާރާތުގައި ރާއްޖޭގެ 20އަހަރުން ދަށުގެ ފިރިހެން ހޭންޑްބޯޅަ ޓީމުން ކުޅުނު ދެވަނަ މެޗުން ބަނގްލަދޭޝް އަތުން ބަލިވެއްޖެއެވެ.
ބަނގްލަދޭޝްގައި ކުރިއަށްދާ މި މުބާރާތުގައި އެ ޤައުމުން މެޗް ކާމިޔާބުކުރީ 39-17ގެ ނަތީޖާއަކުންނެވެ. މި މެޗްގައި ރާއްޖޭގެ އަބްދުﷲ ޢައްޒާމް ވަނީ 7 ލަނޑު ޖަހައިފައެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖެއާއި ބަންގްލަދޭޝްގެ އިތުރުން ދެން ވާދަކުރަނީ އިންޑިއާ، ނޭޕާލް އަދި އަފްޣާނިސްތާނެވެ. މުބާރާތަށް ފުރުމުގެ ކުރިން ހޭންޑްބޯޅަ އެސޯސިއޭޝަނުން ބުނެފައިވަނީ، ވަސީލަތްތައް މަދު ނަމަވެސް ރާއްޖޭގެ ޓީމުތަކުން މި މުބާރާތަށް ދިޔައީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.