ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މެސީއާއި އޭނާގެ ޓީމުމޭޓެއްގެ ދަރިއެއްގެ ކުރިމަތިލުމެއް!

ޝެއާ ކުރޭ Facebook Telegram Viber X

އާޖެންޓީނާއާއި އައިސްލެންޑް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ކެޕްޓަން ލަޔަނަލް މެސީއާއި އައިސްލެންޑްގެ ޑެނިއަލް ޓްރިސްޓަންއަށް ވެއްޖެއެވެ.

އަންގާރަ ދުވަހު އައިސްލޭންޑާ ކުޅުނު އެކުވެރިކަމުގެ މެޗުން ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ މޮޅުވީ 3-0އިންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ގޯލު ޖެހި ލިއޮނަލް މެސީ ވަނީ މެޗަށް ފަހު އައިސްލޭންޑްގެ ޒުވާން ކުޅުންތެރިޔަކާ ދިގުކޮށް ވާހަކަދައްކާފައެވެ. އެ ކުޅުންތެރިޔާ ވަނީ އޭނާގެ ބައްޕައާއި މެސީއަކީ ބާސެލޯނާގައި އެކުގައި ކުޅުނު ދެ ކުޅުންތެރިން ކަމަށް ބުނެފައެވެ.

ބާސެލޯނާގައި މެސީއާއެކު ކުޅުނު އައިސްލޭންޑްގެ ކުޅުންތެރިޔަކީ އައިދުރް ގުޑްޔޯންސަންއެވެ. އަދި އަންގާރަ ދުވަހު މެސީއާ ދެކޮޅަށް ކުޅެން ނުކުތީ އޭނާގެ 20 އަހަރުގެ ދަރިފުޅު ޑެނިއަލް ޓްރިސްޓަންއެވެ.

މިއީ މަލްމޯ އެފްއެފްއަށް ކުޅޭ ޒުވާން ކުޅުންތެރިޔާއަށް ވަރަށް ހާއްސަ ވަގުތުކޮޅެކެވެ. ވާހަކަދައްކައި ބައްދާލުމަށް ފަހު، އޭނާއަށް ވަނީ މެސީގެ އަގުހުރި ޖާޒީ ވެސް ލިބިފައެވެ.

ދަނޑުމަތީގައި މެސީ ކުޅުނު ކުރު ވަގުތުކޮޅުގައި އޭނާގެ އަނިޔާގެ އެއްވެސް މައްސަލައެއް ނެތްކަން ސާބިތުކޮށްދީ، އާޖެންޓީނާގެ ފަހު ވާމްއަޕް މެޗުން މޮޅުވުމަށް އެހީތެރިވެދިނެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު