ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޗެލެންޖަރ ކަޕް: ސިންގަޕޫރު އަތުން ރާއްޖެ ބަލިވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

މިއަދު ސިންގަޕޫރުގައި ފެށި އޭޝިއަން ކްރިކެޓް ކައުންސިލް(އޭސީސީ)ގެ ޗެލެންޖަރކަޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ސިންގަޕޫރު އަތުން ބަލިވެއްޖެއެވެ.

މިއަދު ހެނދުނު ފެށި މި މެޗްގައި ޓޮސް ދިމާވެގެން ސިންގަޕޫރުން ނިންމީ ހޮވަން އަރާށެވެ. ރާއްޖެއިން ކުޅެން އަރައި 33.2 އޯވަރުތެރޭ 10 ކުޅުންތެރިން ނުބައިވެގެން ހެދުނީ 138 ލަނޑެވެ. ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ 46 ބޯޅައަށް 43 ލަނޑު ހެދި ޝަފްރާޒް ޖަލީލެވެ. އޭނާ ވަނީ 6 ހަތަރަކާއި 1 ހައެއް ހޯދައިފައެވެ. 

ޖަވާބުގައި ކުޅެން އަރައި ސިންގަޕޫރުން ވަނީ 24.5 އޯވަރު ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން 139ލަނޑު ހަދައިފައެވެ.

މި މުބާރާތުގައި މި މަހު 13ވަނަ ދުވަހު ރާއްޖެ ނިކުންނާނީ މިއަންމާއާ ދެކޮޅަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު